އިނގިރޭސިވިލާތުގެ އިދާރާތަކުން ފައިޒަރ ކުންފުންޏާއި ބައޯޓެކް ކުންފުނީގެ ކޯވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ދިނުމަށް ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ، ފައިޒަރ ކުންފުންޏާއި ބައޯޓެކް ކުންފުނީގެ ވެކްސިން ބޭނުންކުރުމަށް ހުއްދަހޯދުމަށް އިނގިރޭސިވިލާތުގެ މެޑިކަލް ރެގިއުލޭޓަރ ދަ މެޑިސިން އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރް) ގަައި މިމަހުގެ 20 ވަނަ ދުވަހު އެދިފައެވެ. އަދި މިއީ އެމެރިކާގެ ބޭރުން އެހެން ގައުމެއްގައި މިވެކްސިން ބޭނުންކުރުމަށް ހުއްދަހޯދުމަށް ފުރަތަމަ ފަހަރަށް ކުރެވޭ މަސައްކަތެވެ.
ފައިޒަރގެ ވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާއިން ވެކްސިންގެ ރައްކާތެރިކަން 95 އިންސައްތައަށް ދައްކާފައިވާއިރު އިނގިރޭސިވިލާތުން ވަނީ މި ވެކްސިންގެ 40 މިލިއަން ޑޯޒު ހޯދުމަށް އެދިފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެސްޓްރަރޒެނެކާ އަދި އޮކްސްފޯޑު ޔުނިވަރސިޓީއިން ކޮވިޑަށް ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމަށް ހުއްދަހޯދުމަށް އިނގިރޭސިވިލާތުގެ މެޑިކަލް ރެގިއުލޭޓަރ އައްވެސް އެދިފައެވެ. ޑިސެމްބަރު 25 ވަނަ ދުވަހުގެ ކުރިން މިވެކްސިން ބޭނުންކުރުމަށް ހުއްދަ ލިބޭނޭކަމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެސްޓްރަރޒެނެކާ އަދި އޮކްސްފޯޑު ޔުނިވަރސިޓީއިން ކޮވިޑަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ 100 މިލިއަން ޑޯޒު ހޯދުމަށް ޕްރީއޯޑަރ ކޮށްފައެވެ.
މީގެއިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަން ވަނީ އިނގިރޭސިވިލާތުގައި ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ޖޫނިއަރ ބިޒްނަސް މިނިސްޓަރ ނަދިމް ޒަހަވީ އައްޔަނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު