ބިލް ކްލިންޓަންގެ ރައީސް ކަމުގައި ޕެޓެއްގެ ގޮތުގައި ގެންގުޅުނު ސޮކްސް ނަމަކަށް ކިޔުނު ބުޅާ ވައިޓްހައުސްގެ ޕްރެސް ބްރީފިންގް ރޫމްގައި. (ފޮޓޯ: ވައިޓް ހައުސް)
ބިލް ކްލިންޓަންގެ ރައީސް ކަމުގައި ޕެޓެއްގެ ގޮތުގައި ގެންގުޅުނު ސޮކްސް ނަމަކަށް ކިޔުނު ބުޅާ ވައިޓްހައުސްގެ ޕްރެސް ބްރީފިންގް ރޫމްގައި. (ފޮޓޯ: ވައިޓް ހައުސް)
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެންގެ ދިރިއުޅުން ވައިޓް ހައުސްއަށް ބަދަލުވާއިރު ބައިޑެންގެ ދެ ކުއްތާ އާއެކު ބުޅަލެއްވެސް ވައިޓް ހައުސްއަށް ބަދަލުވާނެކަމަށް ހާމަކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސުން ވައިޓް ހައުސްއަށް ބަދަލުވާއިރު ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ފަދަތަކެތި ވައިޓް ހައުސްއަށް ގެންދިއުމަކީ އާންމުކަމެކެވެ. އަދި މިފަދަ ޖަނަވާރުން ވައިޓްހައުސް ތެރޭގައި ހޭދަކުރާ މަންޒަރުތައް ފޮޓޯ އާއި ވީޑިއޯގެ ގޮތުގައި އާންމުކޮށް ގިނަ ބައެއްގެ ތަރުހީބުވެސް ލިބިފައިވެއެވެ.

ޖޯ ބައިޑެން އަދި އަނބިކަނބަލުން ޑރ. ޖިލް ބައިޑެންގެ ދެމަފިރިން ޕެޓްގެ ގޮތުގައި މިހާރު ގެންގުޅެނީ ޗޭމްޕް އަދި މޭޖަރ ގެ ނަމުން ނަންދެވިފައިވާ ދެ ކުއްތާއެވެ. މިދެކުއްތާގެ އިތުރުން ޕެޓްއެއްގެ ގޮތުގައި ބުޅަލެއް ހޯދުމަށްވެސް ޖޯ ބައިޑެން އަދި ޑރ. ޖިލް ބައިޑެން ވަނީ ނިންމަވާފައިވާކަމަށް ސީބީއެސް ނޫހުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިންޓަރވިއުއެއްގައި ޑރ. ޖިލް ބައިޑެން ވަނީ ބުޅާދެކެ ލޯބިވާ ކަމަށާއި ބުޅަލެއް ހޯދުމަށް ބޭނުންވާކަމަށްވެސް ހާމަކޮށްފައެވެ.

ވައިޓް ހައުސްއަށް މިހާތަނަށް ގެނެވުނު ބުޅާ ތަކުގެ ތެރެއިން އެންމެ މަޝްހޫރުވީ ސޮކްސް ނަމަކަށް ކިޔުނު ބުޅަލެކެވެ. ސޮކްސް ވައިޓްހައުސްގައި އުޅުނީ 1993 ވަނަ އަހަރާއި 2001 ވަނަ އަހަރާއި ދެމެދު ބިލް ކްލިންޓަންގެ ރައީސް ކަމުގައެވެ. ސޮކްސް ގެ އިތުރުން ބަޑީ ގެ ނަމުން ނަންދެވިފައިވާ ކުއްތާއެއްވެސް ބިލް ކްލިންޓަންގެ ރައީސް ކަމުގައި ޕެޓެއްގެ ގޮތުގައި ވައިޓް ހައުސްގައި ގެންގުޅުނެވެ.

ބިލް ކްލިންޓަނަށްފަހު އެމެރިކާގެ ރައީސް ކަމަށް އައި ޖޯޖް ޑަބްލިއު ބުޝްވެސް ވައިޓްހައުސްގައި ބުޅަލެއް ގެންގުޅުނެވެ. އިންޑިޔާ ނަމަކަށް ކިޔާ މި ބުޅާ ވިއްސަކަށް އަހަރުވަންދެން ބިލް ކްލިންޓަންގެ އާއިލާ އާއެކު އުޅުނުކަމަށް ވެއެވެ. ބުޅަލެއްގެ އިތުރުން ބިލް ކްލިންޓަންއާއެކު ވައިޓްހައުސްގައި ތިން ކުއްތާވެސް ޕެޓްގެ ގޮތުގައި ގެންގުޅެފައިވެއެވެ.

މީގެ އިތުރުން، އެމެރިކާގެ 44 ވަނަ ރައީސަކަށް ހޮވުނު ބަރަކް އޮބާމާ އާއެކު ޕެޓްގެ ގޮތުގައި ބޯ އަދި ސަނީ ގެ ނަމުން ނަންދެވިފައިވާ ދެ ކުއްތާ ވެސް ވައިޓް ހައުސްގައި އޮބާމާގެ އާއިލާ އާއެކު އުޅުނެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެގެންދިޔައީ އެމެރިކާގެ ވައިޓް ހައުސްއަށް ޕެޓެއްގެ ގޮތުގައި އެއްވެސް ޖަނަވާރެއް ވައްދާފައިނުވާ ރަައީސަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

-6

ޥިޢާމް

30-Nov-2020

މަ ހީކުރީ އަދި އާކަމެއް ކަމަށް

-4

ޢެއްޗަކަށް އެއްޗެއް ލިޔެލަނީ

ޓްރެންޑިން