އެއަރޕޯޓުގައި ފުރުމަށް ތައްޔާރުވެ ތިބި ފަސިންޖަރުންތަކެއް.
އެއަރޕޯޓުގައި ފުރުމަށް ތައްޔާރުވެ ތިބި ފަސިންޖަރުންތަކެއް.
ވެކްސިން ދެވިފައިވާ މީހުން ދަތުރު ކުރުމަށް، ޕާސްޕޯޓެއްފަދަ ލިޔުމެއް އުފެއްދުމަށް ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާގެ އިސްވެރިން ގުޅިގެން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ތަކުން ބުނެފިއެވެ.

އެއަރޕޯޓަށް ފުރަން ދާ ފަސިންޖަރުންގެ ތެރެއިން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ތިބީ ކޮން ފަސިޖަރުންނެއްކަން މިލިއުމުން ޔަގީންވާނެއެވެ.

އަދި މި ލިޔުން ފައިނަލް ކުރުމުގެ މަރުހަލާތައް ކުރިއަށްދާކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން މި ހަފްތާގައި ވަނީ އިއުލާންކޮށްފައެވެ. މިލިއުމުގެ ސަބަބުން ދަތުރުކުރާ މީހުންގެ މެދުގައި ދަތުރުކުރުމުގައި ރައްކާތެރިކަން ޔަގީންވެ ދަތުރު ކުރުން އިތުރު ކުރެވޭނެކަމަށްވެސް އަޔާޓާއިން ފާހަގަކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވާން ބޭނުން ކުރި ވެކްސިންގެ މައުލޫމާތާއި ކޮވިޑަށް ޓެސްޓުކުރުމުގެ މައުލޫމާތު މިލިއުމުގައި ހިމެނޭނެއެވެ. އަދި އެކި ގައުމުތަކުގެ ސަރުކާރު ތަކުގެ މެދުގައްޔާއި، އެއަރލައިންތަކާއި، ލެބޯރެޓްރީތަކުގެ މެދުގައި މިލިޔުމުގައި ހިމެނޭ މައުލޫމާތުތައް ވެރިފައި ކުރުމުގެ އެކިގޮތްތައް ހިމެނޭނެކަމަށްވެެއެވެ.

"ކޮވިޑަށް ޓެސްޓު ކުރުމަކީ ކަރަންޓީނަކާ ނުލައި ދަތުރު ކުރުމަށް ފުރަތަމަ އެޅޭނެ ފިޔަވަޅެއް. ދެވަނަ ފިޔަވަޅަކީ ބޯޑަރު ކޮންޓްރޯލް ސަރަހައްދުތަކުގައި ފަސިންޖަރުން ޓެސްޓު ކޮށްފައިވާކަމުގެ މައުލޫމާތު ވެރިފައި ކުރުމުގެ އިންފްރާސްރަކްޗާއެއް ގާއިމުކުރުން." އަޔާޓާގެ ސީއީއޯ އެލެކްޒެންޑްރަރ ޑި ޖުނިއަކް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެެރިވުމަށް ވެކްސިން ޖަހައިގެން ނޫނީ އިންޓަރނޭޝަނަލް ދަތުރުތައް ނުކުރެވޭ ގޮތަށް ހެދުމަށް އޮސްޓްރޭލިއާގެ އެއަރލައިން ކުވާންޓަސް އިން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މިފަދަ ގަވާއިދެއް އެންމެ ފުރަތަމަ އިއުލާން ކުރާނޭ އެއަރލައިނަކަށް ވުމަށް އެ އެއާލައިން ނިންމަވާފައިވާކަމަށް އޮސްޓްރޭލިއާގެ އެއަރލައިން ކުވާންޓަސްގެ ސީއީއޯ އެލަން ޖޯއީސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިންޓަރނޭޝަނަލް ދަތުރުތައް ކުރުމުގައި ރައްކާތެރިކަން ދެމެހެއްޓުމަށް ހަރުކަށި ޕްރޮޓޮކޯލްތަކެއް އެކުލަވާލަން ޖެހޭކަމަށް ވެސް އިންޓަރނޯވާ ޓްރެވަލް ގްރޫޕްްގެ ބައިވެރިން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން