މެރެޑޯނާގެ ޖަނާޒާގެ ތެރެއިން.
މެރެޑޯނާގެ ޖަނާޒާގެ ތެރެއިން.
މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާ މަރުވި އިރު އޭނާގެ ބޭންކު އެކައުންޓުގައި ހުރީ އެންމެ 75،000 ޕައުންޑްކަން ހާމަވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ހާޓް އެޓޭކްއެއް ޖެހިގެން އުމުރުން 60 އަހަރުގައި މަރުވި މެރެޑޯނާ އަކީ ފުޓުބޯޅައިގައި އޭނާ ހޯދާފައިވާ ކާމިޔާބީއާއެކު ރަން ވަނަތަކެއް ހާސިލް ކޮށްފައިވާ ކުޅުންތެރިއެކެވެ. ފުޓުބޯޅައިގެ ރަން ވަނަ ތަކާއެކު އެކި ބްރޭންޑްތައް އިސްތިހާރު ކުރުމަށް މެރެޑޯނާ އާއެކު ވިޔަފާރީގެ ގޮތުން އެކި އެއްބަސްވުންތައް ވެފައިވެއެވެ.

އެގޮތުން އޮނޮރަރީ ޕްރެޒިޑެންޓް އޮފް ޑައިނަމޯ ބްރެސްޓް އިން އަހަރެއްގެ މައްޗަށް 15 މިލިއަން ޕައުންޑް މެރެޑޯނާ އަށް ދެމުން ދިޔަ އިރުވެސް އެކައުންޓުގައި އެންމެ 75،000 ޕައުންޑް ހުރުމުން ގިނަބަޔަކު ހައިރާންވެ ސުވާލު އުފައްދާފައިވެއެވެ.

"މެރެޑޯނާ މަރުވެގެން ދިޔައިރު އޭނާ މަރުވެގެން ދިޔައީ ހަމަ ފަގީރެއްގެ ގޮތުގައޭ ބުނެވިދާނެ، އޭނާގެ ބޭންކު އެކައުންޓަށް ބަލާފައި. މެރެޑޯނާ އަކީ ވަރަށް ދީލަތި މީހެއް. އޭނާ މިފަދަ ހާލަތެއްގައި މަރުވާންޖެހުނީ މެރެޑޯނާ އެހީތެރިވެދިން މީހުން ފައިސާގެ ދަހިވެތިކަމުގައި ނާޖައިޒު ފައިދާ ނަގާފައިވުމުން." މެރެޑޯނާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ބުނާ އާޖެންޓީނާގެ ނޫސްވެރިއަކު ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން މެރެޑޯނާ މަރުވިއިރު ޓެކްސް ފައިސާގެ ގޮތުގައި 33 މިލިއަން ނުދައްކައި އޮތްކަމަށްވެސް ހާމަވެފައިވެއެވެ.

މެރެޑޯނާ މަރުވި އިރު އޭނާގެ ބޭންކު އެކައުންޓުގައި ހުރީ އެންމެ 75،000 ޕައުންޑް ކަމުގައި ވިޔަސް އޭނާގެ ނަންމަތީގައި ހުރި ހަރު މުދާ އަގު ނުކުރެވޭހާ ގިނަކަމަށްވެއެވެ. މީގެ ތެރޭގައި ގަހަނާ އާއި، ބިމާއި، އެޕަރޓްމެންޓް ތަކާއި، ބީއެމްޑަބްލިއު، އައޫޑީ، ރޯލްސް ރޯއީސް ފަދަ އަގުބޮޑު 6 ކާރު ހިމެނެއެވެ. އަދި އާޖެންޓީނާގައި ހުންނަ އޭނާގެ ގޭގެ އަގު 150 މިލިއަން ޕައުންޑަށް އަރާނޭ ކަމަށްވެސްވެއެވެ.

މެރެޑޯނާ މަރުވިއިރު ހަތަރު އަންހެނަކަށް، ޖުމްލަ ފަސް ކުދިން ލިބިފައިވެއެވެ. ނަމަވެސް އޭނާ މަރުވެއްޖެ ނަމަ އޭނާގެ ފައިސާ ނުވަތަ މުދަލުން އެއްވެސް މިންވަރެއް އޭނާގެ ދަރިންނަށް ނުދިނުމަށް މިދިޔަ އަހަރު އޭނާ ވަނީ ނިންމާފައެވެ. އޭނާ މަރުވުމުން އޭނާގެ ނަންމަތީގައި ހުރި ފައިސާ އަދި މުދާތައް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވަނީ މިދިޔަ އަހަރު ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ށަމު

30-Nov-2020

މުދާ ތައް ޑޮނޭޝަންގެ ގޮތުގައި ފަޤީރަށް ބެހިޔަސް އާޚިރަތުގައި ވާނެ ފައިދާއެއް ނެތް... ސަބަބަކީ އީމާން ނުވުން.



ޓްރެންޑިން