އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ކުރިއަށް ގެންދާ، އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވާ މުބާރާތުގައި "އޭއެފްސީ ބްރެކެޓް ޗެލެންޖް" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކޮށްފިއެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ވޯޓުލުމުގެ ސުންގަޑި މިއަދު މެންދުރު 01:00 އަށް ވަނީ ހަމަވެފައެވެ. ސުންގަޑި ހަމަވީއިރު ފައިނަލްގައި ދަގަނޑޭ ވަނީ 81.14 އިންސައްތަ ވޯޓް ހޯދާފައެވެ. އާބާދީބޮޑު ހޮންގް ކޮންގްގެ ކުޅުންތެރިޔާއަށް ލިބުނީ އެންމެ 10.86 އިންސައްތަ ވޯޓެވެ.
އޭއެފްސީން ކުރިއަށް ގެންދިޔަ ބްރެކެޓް ޗެލެންޖުގައި 32 ކުޅުންތެރިން ވާދަކުރިއެވެ. މި ޗެލެންޖަކީ އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައި ހުރި މޮޅެތި ސޯލޯ ގޯލުތައް ގިންތި ކުރުމަށް ބޭއްވި މުބާރާތެކެވެ. ވާދަވެރި ރައުންޑްތަކަކަށްފަހު އަޝްފާގު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލް ބުރުގައި ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވޯޓުލުން ނިމުނު އިރު އަޝްފާގު ކުރީގައި އޮތީ 54،68 ވޯޓް އިންނެވެ. އޭނާގެ ވާދަވެރިޔާ ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.
ފައިނަލުގެ ވޯޓުލުން މިއަދު 1:00 އަށް ނިމުނު އިރު އަޝްފާގު ކުރި ހޯދީ ބޮޑު ތަފާތަކުންނެވެ. ބްރެކެޓް ޗެލެންޖްގައި ހިމެނޭ އަޝްފާގުގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ހޮވިފަ އެވެ.
ދަގަނޑޭ ވަނީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތްވަނައިގައި ހިމެނިފައެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ.

ކިޔުންތެރިންގެ ހިޔާލު