އެކްސިޑެންޓު ހިނގާދިޔަ ސަރަހައްދު.
އެކްސިޑެންޓު ހިނގާދިޔަ ސަރަހައްދު.
ޖަރުމަނުގެ ފްރޭންކްފަރޓް ސިޓީގައި ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓުވެ ފަސް މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި ކާރު ކޮންޓްރޯލުން ނެއްޓި ދުވާރުމައްޗަށް އަރައި ހިނގާ ދިޔަ މި އެކްސިޑެންޓުގައި ފަސް މީހަކު މަރުވެ 15 މީހުންނަށް އަނިޔާވެފައިވެއެވެ. އަދި މަރުވި މީހުންްގެ ތެރޭގައި 9 މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ ބައްޕަވެސް ހިމެނެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު ހިނގާދިޔަ މިހާދިސާ ހިނގި ސަރަހައްދާއި 900 ކިލޯމީޓަރު ދުރުންވެސް މިކާރު ދުއްވަމުން ދިޔަޔީ މަގުމަތީގައި ހިނގާފައިދާ މީހުންނަށް ނުރައްކާވާ ގޮތަށް ކަމަށް އެ ސްޓޭޓްގެ އިންޓީރިއަރ މިނިސްޓަރު ހާމަކޮށްފައިވެއެވެ.

މިހާދިސާ އާބެހޭގޮތުން ފުލުހުން ބުނެފައި ވަނީ، މަގުމަތީގައި ހިނގާފައިދާ މީހުންނަށް ނުރައްކާވާ ގޮތަށް ދުއްވުމުގެ ބޭނުމަކީ ކޮބައި ކަމެއް ފުލުހުންގެ ތަހުގީގަށް އެނގިފައި ނުވާކަމަށެވެ. ކާރު ދުއްވަން އިން މީހާ އިނީ މަސްތުގެ ހާލަތުގައި ކަމަށާއި، އަދި އެއީ ނަފްސާނީ ގޮތުން ބަލި މީހެއްކަމަށް ލަފާ ކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގައި ކާރު ދުއްވަން އިން 51 އަހަރުގެ ފިރިހެން މީހާގެ އިތުރުން އޭނާ ދުއްވަން އިން އަޅި ކުލައިގެ ލޭންޑް ރޯވަރ ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން