އަންނަ ޖަނަވަރީ މަހުން ފެށިގެން ސްރީލަންކާ އަލުން ފަތުރުވެރިކަމަށް ހުޅުވައިލުމަށް، ސްރީލަންކާގެ ޓުއަރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) އިން މަސައްކަތް ކުރަމުން ދާކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ކޮވިޑުން ރައްކާތެރި މާހައުލެއްގައި ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ގައިޑްލައިންތަކާއި ޕްރޮޓޮކޯލްތައްް ހަދައި ސިއްހީ އިދާރާތަކަށް މިހާރު ހުށައަޅާފައިވާކަމަށް އެސްއެލްޓީޑީއޭގެ ޗެއަރޕާސަން ކިރްމަލް ފެނަރންޑޯ ހާމަކުރައްވާފައިވެއެވެ.
މިހާރު ހެދިފައިފައިވާ ގަވާއިދުތަކުގެ ތެރޭގައި ސްރީލަންކާއަށް ދަތުރު ކުރެވޭނީ މަދުވެގެން 14 ދުވަހަށެވެ. އަދި 14 ދުވަހަށް ސްރީލަންކާ އަށް އެތެރެވާނަމަ ހުރެވޭނީ ކަނޑައެޅިފައިވާ ވަކި ހޮޓަލެއްގައެވެ. ނަމަވެސް 14 ދުވަހަށް ވުރެ ގިނަ ދުވަހު މަޑު ކުރާނަމަ ހުއްދަދެވިފައިވާ އެހެން ހޮޓަލަކަށް ބަދަލުވެވޭނެއެވެ. އަދި 14 ދުވަހަށް ވުރެ ގިނަ ދުވަހަށް މަޑު ކުރާނަމަ ފަތުރުވެރިންނަށް ހާއްސަކުރެވިފައިވާ ވަކި ސަރަހައްދުތަކަކަށް ޓުއަރިސްޓު ގައިޑުންނާއެކު ދެވޭނެއެވެ. މީގެ އިތުރުން 28 ދުވަހަށް ވުރެ ގިނަ ދުވަހަށް މަޑު ކުރާނަމަ ބޭނުން ތަނަކު ހުރުމަށް ހުއްދަ ލިބޭނެއެވެ.
މީގެ އިތުރުން ދަތުރު ކުރުމަށް ވިސާ އަށް އެދޭއިރު، ލަންކާގެ ކުންފުންޏެއްގެ ފަރާތުން މަދުވެގެން 30 ދުވަހުގެ ކޮވިޑް އިންޝުއަރެންސެއް ހޯދައި ހުށައަޅަން ޖެހޭނެއެވެ. މީގެއިތުރުން ދަތުުރުކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑު ޓެސްޓެއްގެ ނަތީޖާ އާއެކު ހެލްތު ޑިިކްލަރޭޝަން ފޯމެއްވެސް ހުޅައަޅަން ޖެހޭނެއެވެ. ލަންކާ އެއަރޕޯޓަށް އެތެރެވުމާއެކު ކޮވިޑް އެންޓިޖެން ޓެސްޓު ކުރުމަށް ވެސް މިގަވާއިދުގައި ހިމެނެއެވެ.
މިއާއެކު ގިނަ ދުވަހަށް މަޑު ކުރާ ފަތުރުވެެރިންނާއި، ސްރީލަންކާގެ ޕާސްޕޯޓުގައި އެހެންގައުމު ތަކުގެ ފަތުރުވެރިންނާއެކު ދަތުރުކުރާ މީހުންނާއި، ސްރީލަންކާގެ ރެޒިޑެންސް ޕާސްޕޯޓު އޮތް މީހުންގެ އިތުރުން ފިލްމު ޓުއަރިޒްމް ވިސާ އަދި ސްޕޯޓްސް ޓުއަރިޒްމް ވިސާ ގައި ދަތުރުކުރާ މީހުންވެސް ދަތުުރު ކުރާނީ ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެސްއެލްޓީޑީއޭގެ ޗެއަރޕާސަން ކިރްމަލް ފެނަރންޑޯ ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު