ވެކްސިން ބަހައްޓަން ޖިހޭ ފިނިމިން ކަމުގައިވާ 70- ގައި ވެކްސިން ރައްކާތެރި ކަމާއެކު ބެހެއްޓުމަށް އިނގިރޭސިވިލާތުން ތައްޔާރުވެފައިވޭ.
ވެކްސިން ބަހައްޓަން ޖިހޭ ފިނިމިން ކަމުގައިވާ 70- ގައި ވެކްސިން ރައްކާތެރި ކަމާއެކު ބެހެއްޓުމަށް އިނގިރޭސިވިލާތުން ތައްޔާރުވެފައިވޭ.
ފައިޒަރ ކުންފުންޏާއި ބައޯޓެކް ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން ދީފިއެވެ.

އިނގިރޭސިވިލާތުން ވެކްސިނަށް ދެވުނު ހުއްދަ އާއެކު، ފައިޒަރ ކުންފުންޏާއި ބައޯޓެކް ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމަށް މުޅި ދުނިޔެއިންވެސް ފުރަތަމަ ހުއްދަ ދިން ގައުމަކަށް ވާނީ އިނގިރޭސިވިލާތެވެ. މިއާއެކު މިވެކްސިންގެ ފުރަތަމަ 800،000 ޑޯޒު އަންނަ ހަފްތާގައި އިނގިރޭސިވިލާތުގައި ލިބެން ހުންނާނެކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ހެލްތު، މެޓް ހެންކޮކް ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގައި ވެކްސިން ދިނުމަށް ފުރަތަމަ އިސްކަން ދޭނީ ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ތިބި ދުވަސްވީ މީހުންނާއި އެތަންތަނުގެ މުވައްޒަފުންނާއި، ސިއްހީ ދާއިރާ ތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ. ވެކްސިން ދިނުމަށްޓަކައި ސިއްހީ ވުޒާރާތަކުން ގުޅަންދެން މަޑު ކުރުމަށް އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ހެލްތު، މެޓް ހެންކޮކް ވިދާޅުވެފައިވެއެވެ.

ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބުނު އިރު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި މި ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫމިނުގައި ރައްކާތެރި ކަމާއެކު ބެހެއްޓުމަށް ތައްޔާރުވެފައިވާކަމަށްވެސް އިނގިރޭސިވިލާތުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މިގޮތުން ހޮސްޕިޓަލް ތަކުގައި މިވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިން ކަމުގައިވާ މައިނަސް 70 ޑިގްރީ ގައި ވެކްސިން ރައްކާތެރި ކަމާއެކު ބެހެއްޓޭނެ ކަމަށްވެއެވެ.

މީގެ އިތުރުން ވެކްސިން ދިނުމަށްޓަކައި އިނގިރޭސިވިލާތުގެ 50 ހޮސްޕިޓަލަކުން ވެކްސިން ދިނުމަށް ހާއްސަ ސެންޓަރުތަކެއް ހަދައި ވެކްސިން ދިނުމަށް ތައްޔާރުވެފައިވާ ކަމަށްވެސްވެއެވެ.

މިވެކްސިން ފުރިހަމަ ކުރެވޭނީ ދެ ޑޯޒަކުންނެވެ. މިގޮތުން ފުރަތަމަ ޑޯޒު ދޭތާ 21 ދުވަސް ފަހުން ދެވަނަ ޑޯޒު ދެވޭނެއެވެ.

ފައިޒަރ ކުންފުންޏާއި ބައޯޓެކް ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ތަހުލީލުތަކުން މިވެކްސިނުގެ ރައްކާތެރިކަން 95 އިންސައްތައަށް ދައްކާފައިވެއެވެ. ވެކްސިން ބޭނުން ކުރުމަށް އިނގިރޭސިވިލާތުގައި ހުއްދަ ދެވިފައި ވާއިރު، މިވެކްސިން 20 މިލިއަނެއްހާ މީހުންނަށް ދެވޭވަރަށް ވެކްސިނުގެ 40 މިލިއަން ޑޯޒު ހޯދުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެދިފައެވެ.

ފައިޒަރގެ ވެކްސިނުގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީ އާއި އެސްޓްރަރޒެނެކާ އިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ 100 މިލިއަން ޑޯޒު ހޯދުމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެދިފައެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ބޭނުންކުރުމަށް އަދި ހުއްދަދެވިފައިވަނީ ފައިޒަރގެ ވެކްސިން އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން