ސެންފްރެންސިސްކޯ އެއަރޕޯޓް.
ސެންފްރެންސިސްކޯ އެއަރޕޯޓް.
ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިހުރެ ސެންފްރެންސިސްކޯއިން ހަވާއީއަށް ދަތުރުކުރި ދެމަފިރިޔަކު ހައްޔަރުކޮށްފިއެވެ.

މިދެމަފިރިން ހައްޔަރުކޮށްފައިވަނީ ގިނަ ބަޔަކު ސިއްހީ ނުރައްކަލަށް ވައްޓާލުމުގެ ކުށުގައެވެ. އަދި މިދެމަފިރިން ހައްޔަރުކޮށް އެކަހެރިކޮށްފައިވަނީ އެމީހުން ދަތުރުކުރަމުން ދިޔަ ފްލައިޓު، ހަވާއީ އެއަރޕޯޓަށް ޖެއްސުމާއެކުވެ. މިދެމަފިރިން ހައްޔަރުކުރުމުން ދެމަފިރިންގެ އާއިލާގެ މީހަކު ވަނީ މިދެމަފިރިންނާއެކު ދަތުރުކުރި އެމީހުންގެ 4 އަހަރުގެ ދަރިފުޅާ ހަވާލުވެފައެވެ.

މިހާދިސާ އާއި ގުޅިގެން ހަވާއީގައި ކޮވިޑާ ބެހޭ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ތަރުޖަމާނު ބުނެފައިވާގޮތުން، މިދެމަފިރިން ފްލައިޓަށް އެރީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިހުރެއެވެ.

މިދެމަފިރިންނަށް ތުހުމަތުކުރާ ކުށްތައް ސާބިތުވެއްޖެނަމަ އަހަރު ދުވަހުގެ ޖަލުހުކުމަކާއެކު ޖޫރިމާނާގެ ގޮތުގައި 2000 ޑޮލަރު ދައްކަން ޖެހޭނެއެވެ.

މިދެމަފިރިން ދަތުރުކޮށްފައިވާ އެއަރލައިނުން ބުނާގޮތުގައި ފުރުމުގެ 24 ގަޑިއިރުގެ ކުރިން ކޮވިޑަށް ނެގަޓިވް ވެފައިކާމުގެ ލިޔުމެއް ފުރާމީހުން ހުށައަޅަން ޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، ނަތީޖާ ލިބޭތާ 10 ދުވަސް ވަންދެން އެއަރލައިނަކުން ދަތުރެއް ނުކުރެވޭނެއެވެ.

މިފަދަ ގަވާއިދުތައް ހުއްޓާވެސް، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިހުރެ ފްލައިޓުން ދަތުރު ކުރުމުން އެހެން ފަސިންޖަރުންނާއި ކްރޫއިން ކޮވިޑުގެ ނުރައްކަލަށް ހުށައެޅިފައިވުމުންް މިހާދިސާ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން