އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން.
އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން.
މަގާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްކް އެޅުމަށް މަޖުބޫރު ކުރުވާނޭކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސީއެންއެން އަށް ދެއްވި އިންޓަރވިއުއެއްގައި، މާސްކް އެޅުމަށް މަޖުބޫރުކުރުވާ ވާހަކަ ވިދާޅުވެ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ މާސްކް އެޅުމުން ކޮވިޑް ޖެހޭ މިންވަރު ދަށްކުރެވޭނެ ކަމަށެވެ. މިގޮތުން ސަރުކާރުގެ އޮފީސް ތަކާއި އިމާރާތް ތަކާއި، އާންމު ތަންތަނާއި، އާންމުން ދަތުރު ފަތުރު ކުރުމަށް ބޭނުން ކުރެވޭ އެއަރޕޯޓާއި، ބަސް އަދި ޓްރެއިންފަދަ ތަންތަނުގައި މާސްކް އެޅުމަށް މަޖުބޫރު ވާނޭ ކަމަށްވެސް ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޖޯ ބައިޑެންގެ ރައީސްކަމުގައި،ވެސް ޗީފް މެޑިކަލް އޮފިސަރަކަށް، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮރޯނާ ވައިރަސް ޓާސްކް ފޯސްގެ މެމްބަރު، ޑރ. އެންތޮނީ ފައުޗީ ހަމަޖެއްސެވުމަށް ނިންމަވާފައިވާކަމަށް ވެސް ޖޯ ބައިޑެން ހާމަކުރަށްވާފައިވެއެވެ.

ޑރ. އެންތޮނީ ފައުޗީ ފާހަގަ ވެގެން ދަނީ ކޮވިޑާ ދެކޮޅަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅުތަކަށް ހާމަކަން ބޮޑު ގޮތެއްގައި ފާޑު ކިޔާ މީހެއްގެ ގޮތުގައެވެ. ޑރ. އެންތޮނީ ފައުޗީގެ ފާޑު ކިޔުންތަކާއެކު، ކޮވިޑާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޓްރަމްޕް އަދި ޖޯ ބައިޑެންގެ ތަފާތު ބޮޑުކަން ދަނީ ހާމަވަމުންނެވެ.

ކޮވިޑުން ރައްކާތެރި ވުމަށް އުފަށްދާފައިވާ ވެކްސިންގެ ރައްކާތެރިކަން ޑރ. އެންތޮނީ ފައުޗީ، ކަށަވަރުކޮށްދީފިނަމަ، ވެކްސިނަށް އޮތް އިތުބާރު ކަށަވަރުކޮށްދީފިނަމަ ވެކްސިން ބޭނުންކުރައްވާނޭކަމަށްވެސް ބައިޑެން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވެކްސިނަށް އޮތް އިތުބާރު އިތުރުކުރުމަށްޓަކައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ، ބިލް ކްލިންޓަން، ޖޯޖް ޑަބްލިއު ބުޝް، އަދި ބަރަކް އޮބާމާ ވެސް ވެކްސިން ބޭނުންކުރަށްވާނޭކަމަށް ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން