ކޮވިޑްގެ ސަބަބުން އެކަހެރި ކޮށްފައިވާ ދުވަސްވީ މީހުންނަށް އާއިލާގެ މީހުންގެ ފިރުމުމާއި އަތްލުމުގެ އިހުސާސް ކޮށްދޭ 'ހަގް ބަބްލްް' އެއް އުފައްދައިފިއެވެ.

ކޮވިޑް-19 ގެ ހައިރިސްކް މީހުންގެ ގޮތުގައި ހިމެނޭ ދުވަސްވީ މީހުން ގިނަ ގައުމުތަކުގައި ބަލަހައްޓަމުން ގެންދަނީ އެކަހެރި ކޮށްގެންނެވެ. ހާއްސަގޮތެއްގައި ދުވަސްވީމީހުން ބަލަހައްޓާ ތަންތަނަށް ޒިޔާރަތް ކުރުން މިހާރުވަނީ މަނާވެސް ކުރެވިފައެވެ.

މީގެ ސަބަބުން ދުވަސްވީމީހުން ބަލަހައްޓާ މަރުކަޒު ތަކުގައި ތިބޭ މީހުން މިހާރު ހޭދަކުރަން ޖެހިފައިވަނީ އެމީހުންގެ އާއިލާ ތަކާ އެކަހިރޮށެވެ، މިހެން ވުމުން އާއިލާގެ ފަރާތުން ލިބެމުން އައި އަޅާލުމުން ދުވަސްވީ މީހުން މިވަނީ އެކަހެރި ވާން ޖެހިފައެވެ. ކަންމިހެން އޮތްއިރު އެމީހުންނަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވީޑިޔޯ ކޯލް ފަދަ ވަސީލަތެއްގެ ބޭނުން ކުރުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވެފައިވާ ބައެކެވެ.

ކޮވިޑްގެ މި ހިތްދަތި ދަނޑިވަޅުގައި ދުވަސްވީ މީހުންނަށް ކުރިމަތިވެފައިވާ މިއެކަނިވެރިކަން ފުރަތަމަ ފަހަރަށް ފިލުވައި ދީފައި މިވަނީ ފްރާންސްގެ ދުވަސްވީމީހުން ބަލަހައްޓާ ތަންތަނުންނެވެ.

ޕްލާސްޓިކް ޝީޓެއް ބޭނުން ކޮށްގެން ދުވަސްވީމީހުންނާ ބައްދަލު ކުރުމާއި، އެހެން މީހުންގެ ފިޒިކަލް ޓަޗް ނުވަތަ ބީހުމާއި ފިރުމުމުގެ އިހުސާސް ކޮށްދިނުމަށް ފްރާންސްގައި މިހާރު ވަނީ ހަގް ބަބްލް އެއް އުފައްދާފައެވެ.

"މި ހަގް ބަބްލް އިން މާމަ އާއި ބައްދަލުކޮށް މާމަ ގައިގަ ބައްދާ މާމަގެ އަޅާލުމުގެ އިހުސާސް ކުރެވިއްޖެ." ފްރާންސްގައި ހުންނަ ދުވަސްވީމީހުން ބަލަހައްޓާ ތަނެއްގައި ހުރި 97 އަހަރުގެ ކޮލެޓް ޑުޕާސް އަށް ޒިޔާރަތް ކުރި މާމަދަރިން ބުނެފައިވެއެވެ.

ފްރާންސްގައި ހުންނަ ދުވަސްވީމީހުން ބަލަހައްޓާ ތަންތަނުގައި ޕްލާސްޓިކް ޝީޓެއް ބޭނުން ކޮށްގެން އުފައްދާފައިވާ މިހަގް ބަބްލް މެދުވެރިކޮށް ކޮވިޑުގެ ބިރުވެރިކަމެއްނެތި ސަލާންކޮށް ބައްދާލާ ހެދޭނެއެވެ. މި މިހަގް ބަބްލް އުފެއްދުމުގެ ކުރިން ފްރާންސްގައި ހުންނަ ދުވަސްވީމީހުން ބަލަހައްޓާ ތަންތަނަށް ޒިޔާރަތް ކުރާ މީހުން އެމީހުންގެ ދުވަސްވީ މައިންބަފައިންނާ ބައްދަލު ކުރަނީ ކުޑަދޮރުން ބޭރުގައި ތިބެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން