ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑް ކުރުމުގެ ދަޢުވާގެ ޝަރީޢަތަށް މިއަދު ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން ކްރިމިނަލް ކޯޓު ސަރަޙައްދަށް ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ވަނީ އެއްވެފައެވެ. މިއަދު ރައީސް ޔާމީން ކޯޓަށް ޙާޟިރު ކުރުމަށް މާލެ ގެނެސް ބާލާފައި ވަނީ މާލޭ ޖަލު ހުންނަ ސަރަޙައްދަށެވެ. އެހެން ކަމުން މިއަދު ރައީސް ޔާމީނަށް އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެވޭގޮތް ވަނީ ނުވެފައެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ ނާއިންސާފުން ޖަލަށްލާފައިވާ އިދިކޮޅު ލީޑަރ ޢަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫޙުގައި ކަމަށެވެ. އެހެންކަމުން އެމަނިކުފާން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
The unjust imprisonment of the opposition leader President Yameen can only be described as an act of political vengeance. We demand for the immediate release of President Yameen. #FreePresidentYameenNowhttps://t.co/DUwSEoojDq pic.twitter.com/zYviJhNyBW
— Progressive Party of Maldives (@ProgressPartyMV) December 6, 2020
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވަނީ ޝަރުޢީ ދާއިރާ މިނިވަންކޮށް ސިޔާސީ ގޮތުން ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފައެވެ.
Maldivian people demand justice & access to a fair trial. Free the judiciary. Stop political intimidation. #FreePresidentYameenNow @ibusolih @USAmbSLM @HCIMaldives @PakistaninMale @hrcmv @UKinMaldives @AmbassadorZhang @UAEEmbassyMale @KSAembassyMV @MbSofKSA pic.twitter.com/fx0Hy5EkVK
— Mohamed Saeed (@em_saeed) December 6, 2020
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެފައިވަނީ، ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ވަޠަނީ ލީޑަރެއް ކަމަށާއި، ޤައުމުގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެއް ގޮތެއްގައި ސާބިތުވެވަޑައިގެން ހުންނެވި ލީޑަރަކީ ރައީސް ޔާމީން ކަމަށް މެމްބަރު ޙުސެއިން ވިދާޅުވިއެވެ.
RYameen ge kehtheri kamai sabithu kamai nuguda fadha varugadha azumah assari bahai sabas dhannavan, RY akee Wathany leader eh, eh gotheh gai saabithuve hunnevee RY, Insha Allah varah avahah dhivehi rayyithun’nah khidhumaiyy kuran enburi vadaigannavaane!
— Hussain Mohamed Latheef (@HucenSembe) December 6, 2020
ޙުސެއިން ވަނީ ރައީސް ޔާމީންގެ ކެތްތެރިކަމާއި ސާބިތުކަމާއި ނުގުޑާފަދަ ވަރުގަދަ ޢަޒުމަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމައްސަލާގައި އެ މަނިކްފާން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ.
މިމައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އަދި ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު