"ރާސްތާ" ދޯނި
"ރާސްތާ" ދޯނި
ގދ. ތިނަދޫ "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެވަނަ މީހަކު ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ތިނަދޫ "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ވަނީ ފިހިފައެވެ. އޭގެ ތެރެއިން މިއަދު ނިޔާވި މީހާއަކީ އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ.

މި ޙާދިސާގައި ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނައި އިރު، މިމަހުގެ އެއްވަނަ ދުވަހު އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.

އަލިފާން ރޯވި އިރު ދޯނި ތެރޭގައި ތިބި 4 މީހަކު ފިހިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އެ ހަތަރު މީހުންނަކީވެސް ގދ. ތިނަދޫ އަށް ނިސްބަތްވާ މީހުންނެވެ.

ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ެއިންމަ

07-Dec-2020

ދޯނީގެ ސަލާމަތީ މިންގަޑު ޗެކްކުރުން ރަގަޅު ސަލާމަތީސެޓްފިކެޓް ނަހަދާ ހުރީ



ޓްރެންޑިން