އާއިލާގެ ނުގަބޫލުގައި ކައިވެނި ކުރަން ނިންމުުމުން އިންޑިޔާ އަންހެން ކުއްޖެއްގެ 4 އިނގިލި ބުރިކޮށްލައިފިއެވެ.

އިންޑިޔާގެ ކަރްނަޓަކާ ސްޓޭޓްގެ ޗަމަރާޖްނަގަރ ޑިސްޓްރިކްޓުގެ ކުޑަ އަވަށަކަށް ނިސްބަތްވާ ދަނަލަކްޝްމީ ނަމަކަށް ކިޔާ 24 އަހަރުގެ އަންހެން ކުއްޖާ އަދި އޭނާގެ ލޯބިވެރިޔާ 28 އަހަރުގެ ސައްތިޔާގެ ގުޅުމަކީ ދަނަލަކްޝްމީގެ އާއިލާއިން ހުއްދަދޭ ގުޅުމަކަށް ނުވިއެވެ. ނަމަވެސް އާއިލާއިން ހުއްދަނުލިބުނަސް، ދެ އަހަރު ދުވަސްވީ މިގުޅުން ކައިވެނީގެ ގުޅުމަކަށް ބަދަލު ކުރުމަށް ދެމީހުންވެސް ނިންމިއެވެ.

މިދެމީހުންގެ ކައިވެންޏަށް ޑިސެމްބަރު މަހުގެ ދުވަހެއް ކަނޑައަޅާފައި އޮތް ކަން ދަނަލަކްޝްމީގެ އާއިލާއަށް އެނގުނު ހިސާބުން، މަގުމަތިން ދަނަލަކްޝްމީއާ ދިމާކޮށް އަނިޔާކޮށްފައިވެއެވެ. މިއަނިޔާ ކުރުމުގެ ތެރޭގައި ދަނަލަކްޝްމީގެ ހަތަރު އިނގިލި ބުރިކޮށްލާފައިވެއެވެ. އާއިލާގެ ފަރާތުން ދަނަލަކްޝްމީއަށް އަނިޔާކޮށްފައިވަނީ އޭނާގެ ބައްޕަ ޝިވާސްވާމީ އަދި ބޭބެ މަހެންދުރަ އާއި ދެމީހުންވެގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު މަގުމަތީގައި ހިނގާދިޔަ މިހާދިސާގަައި ދަނަލަކްޝްމީއަށް އަނިޔާކުރި އޭނާގެ ބައްޕަ އާއި ބޭބެ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

އަދި މިހާދިސާގައި ދަނަލަކްޝްމީއަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު އެސަރަހައްދުގައި މަންޒަރު ބަލަން ތިބި ބައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން