މާޝާ މިދުހަތު   8 ޑިސެމްބަރު 2020 - 13:25
އެލޫރު ސިޓީ އިން ސްޓޭޓް ހޮސްޕިޓަލަށް ކުޑަކުއްޖަކު ގެންދަނީ.
އެލޫރު ސިޓީ އިން ސްޓޭޓް ހޮސްޕިޓަލަށް ކުޑަކުއްޖަކު ގެންދަނީ.
އިންޑިޔާގެ އަންދްރަޕްރަދޭޝް ސްޓޭޓްގައި ގޮތް ނޭނގޭ ބައްޔެއް ޖެހިގެން އެތައްސަތޭކަ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ގޮތްނޭނގޭ މިބަލި ޖެހިގެން 200 މީހުން މިހާތަނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، މިބަލީގައި ހާލުދެރަވެގެން އެކަކު މަރުވެފައިވާކަމަށްވެސް އިންޑިޔާގެ އަންދްރަޕްރަދޭޝް ސްޓޭޓްގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

މިބަލި ފެތުރުމުގެ އަސްްލަކަށް ލަފާކޮށްފައިވަނީ އަންދްރަޕްރަދޭޝް ސްޓޭޓްގެ އެލޫރު ނަމަކަށް ކިޔާ ސިޓީއަކުންނެވެ. އެލޫރު ސިޓީ އަކީ މާބޮޑަށް ތަރައްގީ ނުވާ، ޒަމާންވީ އާދަކާދަތަކެއްގެ މަތީގައި މީހުން ދިރިއުޅެމުން އަންނަ ސިޓީއެކެވެ.

ގޮތް ނޭނގޭ މިބަލި ފެތުރުމުގެ އަސްްލަކަށް ލަފާކޮށްފައިވާ އެލޫރު ސިޓީއިން މިބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެސަރަހައްދުގެ ކަމާބެހޭ އިދާރާ ތަކުން ދަނީ ކުރަމުންނެވެ. މިގޮތުން އެސަރަހައްދުގެ އެކި ތަންތަނުން ފެނުގެ އެކި ސާމްޕަލް ނަގައި ތަހުލީލުތައް ކުރެވިފައިވާކަމަށްވެސް ކަމާބެހޭ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް މިބައްޔާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެސަރަހައްދުގެ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ.

މިބަލި ޖެހިފައިވާ މީހުން ވަނީ ކޮވިޑަށް ނެގަޓިވްވެފައެވެ. އަދި އެހެން ވައިރަލް ބަލިތަކަށް ވެސް ނެގަޓިވްވެފައިވާކަމަށް މި ބަލިޖެހިފައިވާ މީހުން އެޑްމިޓް ކުރެވިފައި ތިބި ހޮސްލިޓަލުން ހާމަކޮށްފައިވެއެވެ. މިގޮތުން މިމީހުން ވަނީ ޗިކުންގުންޔާ، ޑެންގޫ އަދި ހާރޕީސް އަށްވެސް ޓެސްޓުކުރެވިފައި ކަމަށް ހޮސްލިޓަލުން ހާމަކޮށްފައިވެއެވެ.

ގޮތްނޭނގޭ މިބަލި ޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތް ތަކުގެ ތެރޭގައި ހޮޑު ލުމާއި، މީހާ އަށް އެކި ކަހަލަ އުނދަގޫތައް ވުމާއި، ހޭނެތުން ހިމެނެއެވެ. މީގެއިތުރުން މިބަލީގައި މަރުވެފައިވާ 45 އަހަރުގެ ފިރިހެން މީހާގެ ފަރާތުން ހޮޑުލެވުމާއި ފިޓު ޖެހުމުގެ އެކި އަލާމާތްތައް ފެނިފައިވާކަމަށް ހޮސްލިޓަލުން ހާމަކޮށްފައިވެއެވެ.

މިބަލީގައި މިހާތަނަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ މީހުންނަށް ސްޓޭޓް މިނިސްޓަރު ޖަގަން މޯހަން ރެއްޑީ ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އެއަށްފަހު މިބަލި ފެތުރުމުގެ ހަގީގަތް ހޯދުމަށް ޓްވިޓަރ މެދުވެރިކޮށް ސްޓޭޓް މިނިސްޓަރު ޖަގަން މޯހަން ވަނީ އާންމުކޮށް އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން