ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީގެ މައްސަލަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފިއެވެ.

ސްޓެލްކޯ މައްސަލަތަކާ ބެހޭގޮތުން އިއްޔެ ބޭއްވި އެކޮމިޓީ ބައްދަލުވުމުގައި، މުޣުނީގެ މައްސަލަ ޕީސީބީއަށް ހުށަހަޅަން ފާސްކުރަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. ނިހާދުގެ ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

މުޣުނީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަންގާފައި ވަނިކޮށް އެމްޑީއަށް ޚާއްސަކޮށް 80،000 ރުފިޔާގެ ފާހާނާ ތައްޓެއް ބެހެއްޓުމާއި، ލިފްޓު ބަދަލުކުރުން ހިމެނެއެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންތަކެއް ވަކިކުރުމަށް ކުރަމުންދާ މަސައްކަތް ތަކަކާއި ހިޔާ ފްލެޓުގެ އުސޫލުން ބޭރުން ކުންފުނީގެ ބޯޑު މެންބަރުންނާއި، އެ ފަރާތްތަކުގެ އާއިލާތަކަށް ފުލެޓުދިން މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ކަރަންޓް އަގުހެޔޮ ކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު، އެކަމަށް ސްޓެލްކޯއިން ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތުމާއި، ސްޓެލްކޯގެ ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށައެޅިފައިވުންވެސް މުޣުނީގެ މައްސަލަ ޕީބީސީއަށް ހުށައެޅުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން