އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑެން.
އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑެން.
އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑެންގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ އެއް އަމާޒަކީ ކޮވިޑުން ރައްކާތެރިވުމަށް، 100 މިލިއަން ވެކްސިން ފޯރުކޮށްދިނުން ކަމަށް ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑެން މިހެން ވިދާޅުވެފައިވަނީ، ޖޯ ބައިޑެން ގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ އެކި ކަންތައްތައް ހާމަކޮށްދެއްވަމުންނެވެ. މިގޮތުން މިދިޔަ އަންގާރަ ދުވަހު ޖޯ ބައިޑެންގެ ސަރުކާރުގެ އިސް މަގާމްތަކުގައި ކޮވިޑުގެ ކަންކަމުގައި ހަރަކާތްތެރިވާނޭ ބޭފުޅުން އިއުލާން ކުރައްވަމުން، ޖޯ ބައިޑެން ވަނީ އޭނާގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ 3 ކަމެއްގެ ވާހަކަ ވިދާޅުވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ، ރިޔާސަތުގެ ފުރަތަމަ 100 ދުވަސްތެރޭ 100 މިލިއަން ވެކްސިން ފޯރުކޮށްދިނުމާއި، މާސްކް އެޅުން މަޖުބޫރު ކުރުވުމާއި، ސްކޫލްތަކުގައި ދަރިވަރުންގެ ކިޔެވުން ފެށުމެވެ.

"އަހަންނަށް ގަބޫލު ކުރެވޭ 100 ދުވަސް ތެރޭ މި ބަލި މަޑުކަން ފެތުރުން ކުޑަ ކުރުމަށް ކޮންމެވެސް ހައްލެއް ހޯދޭނެ ކަމަށް، އަދި މިބަލިމަޑުކަމުގެ ތެރެއިން އެމެރިކާގެ ހާލަތު ބަދަލުކޮށް ފާގަތި ދުވަސް ތަކެއް ގެނެވޭނެ ކަމަށް" ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ.

މި އާއެކު ކޮވިޑުން ރައްކާތެރިވުމަށް މިއަންނަ އަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން، 100 މިލިއަން މީހުންނަށް ވެކްސިން ފޯރުކޮށްދެވޭނެ ގޮތްތަކެެއް ހޯދުމަށް ޖޯ ބައިޑެން ވަނީ ކޮންގްރެސް ގައި އެދިވަޑައިގެންފައެވެ.

"ވެކްސިނެއް އުފެއްދުމަކީ މުހިންމު އެއް މަސައްކަތް. ދެވަނަ އަށް އެންމެ މުހިންމީ މިވެކްސިން ފޯރު ކޮށްދެވޭނެ ރަނގަޅު ގޮތްތަކެއް ހޯދުން. މިގޮތުން މިކަމާ ގުޅިގެން ހިނގަމުންދާ ވާހަކަ ތަކުގެ ތެރެއިން، ވެކްސިން ފޯރުކޮށްދޭނެ ގޮތަކާ މެދު ކޮންގްރެސް އިން ކޮންމެވެސް އެއްގޮތަކަށް ނިންމަން ޖެހޭނެ. އަދި މިނިންމުން ލަސްވެއްޖެނަމަ އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ދިގު މުއްދަތެއް ހޭދަވެދާނެ" ޖޯ ބައިޑެން ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސަތުގެ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ އެކި ކަންތައްތައް ހާމަކޮށްދެއްވަމުން، ކޮވިޑުން ރައްކާތެރިވުމަށް އެމެރިކާގައި ކުރެވޭ މަސައްކަތުގައި ޖޯ ބައިޑެންގެ ސަރުކާރުގެ އިސް މަގާމްތަކުގައި ހަރަކާތްތެރިވާނޭ ބޭފުޅުން ވެސް ވަނީ އިއުލާން ކުރައްވާފައެވެ.

ޖޯ ބައިޑެން ސިފަކުރައްވާފައިވާ ގޮތުގައި، ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގެ އިސް މަގާމްތަކުގައި ހަރަކާތްތެރިވާނޭ ބޭފުޅުންގެ ޓީމަކީ ކަމަށް ގާބިލު، ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން