ސްޕެއިންގެ ބާސެލޯނާގެ ޒުލަކުން ހަތަރު ސިންގާ ކޮވިޑަށް ޕޮޒިޓިވްވެއްޖެކަމަށް ޖަނަވާރުންގެ ޑޮކްޓަރާ ހަވާލާދީ މި ޒުލުގައި ހަރަކާތްތެރިވާ އިސް އޮފިޝަލުން ހާމަކޮށްފިއެވެ.

މިގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޒާލާ، ނިމާ އަދި ރަންރަން ކިޔުނު ތިން އަންހެން ސިންގާގެ އިތުރުން ކިއުމްބޭ ކިޔުނު ފިރިހެން ސިންގާއެކެވެ. ސިންގާ ތަކުގެ އިތުރުން ޒުލުގެ ދެ މުވައްޒަފަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ޒުލުގައި ހަރަކާތްތެރިވާ އިސް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

މި ސިންގާތައް ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ ކޮވިޑަށް ޝައްކުކުރެވޭފަދަ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ. ކޮވިޑް ޓެސްޓު ކުރުމަށް ސިންގާތަކުން ސާމްޕަލް ނަގާފައިވަނީ ޕީސީއާރް ޓެސްޓު ބޭނުންކޮށްގެން ނޭފަތާއި އަނގައިންނެވެ.

ޕޮޒިޓިވްވި ސިންގާތަކަށް ސިއްހީ ފަރުވާ ދެވެމުންދާކަމަށް ޒުލުގައި ހަރަކާތްތެރިވާ އިސް އޮފިޝަލުން ހާމަކޮށްފައިވެއެވެ. ފެނުނު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ކިނބިހި އެޅުމާއި، ނޭވާލާ ނިޒާމުގެ އެކި އުނދަގޫތައް ފާހަގަ ކުރެވިފައިވެއެވެ.

ސިންގާތަކަށް ކޮވިޑް ޖެހުނު ގޮތާމެދު ތަހުގީގު ކުރަން ވަނީ ފަށައިވެއެވެ. މިސިންގާތައް ޕޮޒިޓިވްވެފައިވަނީ އިންސާނުންގެ ފަރާތުންތޯވެސް މިތަހުގީގުގެެ ތެރެއިން އެނގިގެންދާނެއެވެ.

މިއީ ޒުލެއްގައި ޖަނަވާރުންތަކަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ޒުލެއްގައި ޖަނަވާރުންތަކަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހު، އެމެރިކާގެ ބްރޮންޒް ޒޫ ނަމަކަށް ކިޔުނު ޒުލެއްގައެވެ. އެފަހަރު ހަތަރު މިނިކާވަގާއި ތިން ސިންގާއެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން