އިނގިރޭސި ވިލާތުގައި ފަސް ލައްކައެއްހާ ކުޑަކުދިން ފަގީރު ކަންމަތީގައި ދިރިއުޅެމުންދާކަމަށް ދިރާސާ އަކުންދައްކައިފިއެވެ.
މިދިރާސާ ރިޕޯޓުން ދައްކާގޮތުގައި ކޮވިޑުގެ ބަލިމަޑުކަމާއެކީ އެތައްބައެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ވަޒީފާ ގެއްލުމާއެކީ ފަގީރު ހާލަތުގައި ދިރިއުޅެން މަޖުބޫރުވާ މީހުން ވަނީ އިތުރުވެފަވެއެވެ. އަދި މިދިރާސާއިން ފަސް ލައްކައެއްހާ ކުޑަކުދިން ފަގީރު ހާލަތުގައި ދިރިއުޅެމުންދާކަމަށް ދައްކާފައިވާއިރު، މިއީ މިދިޔަ ދެ އަހަރާ ބަލާއިރު 52 އިންސައްތަ އިތުރުވުމެކެވެ.
މީގެ އިތުރުން މިދިޔަ އަހަރު އިނގިރޭސިވިލާތުގައި 2.4 މިލިއަން މީހުން ފަގީރު ހާލަތުގައި ދިރިއުޅެމުން ދިޔަ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، މިއީ 2017 ވަނަ އަހަރަށް ވުރެ 54 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރޭގައި ގިނަމީހުންނަކީ ދިރިއުޅުމަށް ބޭނުންވާ ގިނަ ކަންތައްތައް ފުރިހަމަ ނުކުރެވޭ މީހުންނެވެ. އަދި މީގެތެރެއިން ބައެއް މީހުންނަކީ, ނިދާލާނެ ތަނެއް ނުލިބުމުގެ އިތުރުން، ދެއިރު ހަމައަށް ކާންވެސް ނުލިބޭ މީހުންކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން ކޮވިޑުގެ ބަލިމަޑުކަމާއެކީ ފަގީރު ހާލަތުގައި ދިރިއުޅެންޖެހޭ މީހުން އިތުރު ވެދާނެކަމަށް ލަފާ ކޮށްފައިވާއިރު، ކޮވިޑުގެ ބަލިމަޑުކަމާއެކީ މިލިއަނެއްހާ އާއިލާއަށް ކެއިން ބުއިމުގެ ކަންކަން ފުރިހަމަ ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމާއެކީ އެކަނި ދިރިއުޅޭ މީހުންނަށާއި އެކަނިވެރި މައިންނާއި ބަފައިންނަށް ކުރިމަތިވާނެ ގޮންޖެހުންތައް އިތުރުވެ ދިރިއުޅުމުގެ ހާލަތު ކުރިއަށް ވުރެއްވެސް ގޯސް ވެދާނެ ކަމަށް މި ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
މިރިޕޯޓާ ހަވާލާދީ ޗައިލްޑް ޕޮވަރޓީ އެކްޝަން ގްރޫޕްގެ ޑިރެކްޓަރ އޮފް ޕޮލިސީ، ލުއީސާ މެކްގީހަން ބުނެފައިވަނީ ގިނަ ކުޑަކުދިންތަކެއް ފަގީރު ހާލަތުގައި އުޅެން ޖެހިފައިވާ ސަބަބުތައް ދެނެގަންނަން ޖިހޭނެ ކަމަށެވެ. މިގޮތުން ކޮވިޑުގެ ކުރިންނާއި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އެކުދިންގެ ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލުތައް އައި ގޮތާމެދު ދެނެގަތުން މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ފެތުރެމުންދާ ބަލިމަޑުކަމާހެދި ގިނަބައެއްގެ ވަޒީފާ ގެއްލުމާއެކީ ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ފަގީރު ހާލަތުގައި ދިރިއުޅެން މަޖުބޫރުވާ ކުޑަކުދިންނާއި، އާއިލާތަކުގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ލުއީސާ ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު