ސްޕޭސް އެކްސް ކުންފުނީގެ ސްޓަރޝިޕް ޕްރޮޓޯޓައިޕް ރޮކެޓު ޓެސްޓުކޮށްނިންމައި ޖައްސަން އުޅުމުގެ ތެރޭގައި ގޮވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އީލަން މަސްކްގެ ކުންފުނިން ތައްޔާރުކޮށްފައިވާ އުސްމިނުގައި 394 ފޫޓު ހުންނަ ސްޓަރޝިޕް ޕްރޮޓޯޓައިޕް ރޮކެޓަކީ އިންސާނުންނާއި، 100 ޓަނުގެ މުދާ އުފުލައި ހަނދަށާއި މަރސް އަށް ދަތުރު ކުރުމަށް ތައްޔާރުކޮށް ޓެސްޓު ކުރަމުންދާ ރޮކެޓެކެވެ. މި ރޮކެޓު ގޮވީ ލޭންޑިން ޕެޑް ގައި ޖެއްސުމާއެކުއެވެ.

މިރޮކެޓު ޓެސްޓު ކޮށްފައިވަނީ އަމިއްލައަށް ގައިޑް ކުރެވޭ ސިސްޓަމެއް ބޭނުންކޮށްގެނެވެ. އަދި މި ރޮކެޓް އުދުއްސާލުމަށްފަހު ބިމުން ފެށިގެން 41،000 ފޫޓް މައްޗަށް ދަތުރުކޮށްފައިވެއެވެ.

ރޮކެޓް ޖެއްސުމުގެ ތެރޭގައި ގޮވާފައި ވާއިރު، މިރޮކެޓް އުދުއްސާލުމަށް އެއްސިކުންތައް ވެފައިވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލަ އަކާހުރެ ރޮކެޓް އުދުއްސާލައިފައިވަނީ އެއްދުވަސް ފަހުން، މިދިޔަ ބުދަދުވަހުއެވެ. މި ރޮކެޓު ގޮވުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ސީއީއޯ އީލަން މަސްކް ވަނީ މިކަމާ ބެހޭގޮތުން ޓްވީޓެއް ވެސް ކޮށްފައެވެ.

"ރޮކެޓު ޖައްސަން އައި ވަގުތު ފިއުލް ޓޭންކަރުގެ ޕްރެޝަރ ލޯވުމާއެކު ރޮކެޓު ތިރިކުރަމުން އައި ސްޕީޑް އިތުރުވީ." ރޮކެޓް ގޮވަން މެދުވެރިވި ސަބަބު ހާމަކުރަމުން އީލަން މަސްކް ބުނެފައިވެއެވެ.

މި ރޮކެޓަކީ ނެކްސްޓް ޖެނެރޭޝަން ރީޔޫސެބަލް ރޮކެޓެކެވެ. އަދި މިރޮކެޓު ފަރުމާކޮށްފައި މިވަނީ އަގު ހެޔޮކޮށް ޖައްވަށް އިންސާނުން ދަތުރުކުރުމަށެވެ. އަދި މިއީ ސްޕޭސް އެކްސް ކުންފުނީގެ ސީއީއޯ އީލަން މަސްކްގެ ވެސް އެންމެ ބޮޑު އެއް އުންމީދެވެ.

މި ސްޓަރޝިޕް ޕްރޮޓޯޓައިޕް ރޮކެޓު އުފެއްދުމަށް ނާސާއިން 135 މިލިއަން ޑޮލަރު ސްޕޭސް އެކްސް ކުންފުންޏަށް ދީފައިވާއިރު، ލެއިޑޯސްގެ ޑައިނެޓިކްސް ކުންފުނީގެ އިތުރުން އެމޭޒަންގެ ސީއީއޯ ޖެފް ބެޒޯސްގެ ސްޕޭސް ކުންފުނިންވެސް ދަނީ މިފަދަ ރޮކެޓެއް ތައްޔާރު ކުރުމަށް ސްޕޭސް އެކްސް ކުންފުންޏާ ވާދަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން