މާޝާ މިދުހަތު   14 ޑިސެމްބަރު 2020 - 22:57
ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ކެނެޑާއަށް އެތެރެ ކުރަނީ
ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ކެނެޑާއަށް އެތެރެ ކުރަނީ
ކެނެޑާއަކީ ކޮވިޑުން ރައްކާތެރި ވުމަށް ފައިޒަރ އަދި ބައޯޓެކް ކުންފުނިން އުފައްދާފައިފާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން ފުރަތަމަ ގައުމެވެ. އަދި މި ވެކްސިން ބޭނުން ކުރުމަށް ހޯމަ ދުވަހު ފެށޭނެކަމަށް މިދިޔަ އާދީއްތަ ދުވަހު ކެނެޑާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވާކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ހާމަކުރައްވާފައެވެ.

ވެކްސިންގެ 249،000 ޑޯޒު މިމަހުގެ ތެރޭގައި ހޯދުމަށް ކެނެޑާއިން އެދިފައިވާއިރު، ވެކްސިންގެ ފުރަތަމަ ޝިޕްމެންޓްގައި ލިބިފައިވަނީ ވެކްސިނުގެ 30،000 ޑޯޒެވެ.

ކެނެޑާގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ކިއުބެކް ޕްރޮވިންސްގައި ދިރިއުޅޭ މީހުންނަށެވެ. މިވެކްސިން ދިނުމުގައި ކިއުބެކް ޕްރޮވިންސްގެ ދުވަސް ވީ މީހުން ބަލަހައްޓާ މަރުކަޒުތަކަށް އިސްކަމެއް ދޭނެ ކަމަށް ކެނެޑާގެ ސިއްހީ އިދާރާތަކާ ހަވާލާދީ ކެނެޑާގެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުން ފެށިގެން ކެނެޑާގެ ކިއުބެކް ޕްރޮވިންސްގެ އަވައްޓެރި ޕްރޮވިންސް ތަކުގައިވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް ކެނެޑާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރި ވުމަށް ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިންގެ ތަހުލީލުތަކުގެ މަރުހަލާގައި ކެނެޑާއިން ވަނީ މިވެކްސިންގެ 20 މިލިއަން ޑޯޒް ޕްރީއޯޑަރ ކޮށްފައެވެ. އަދި އިތުރަށް މިވެކްސިންގެ 56 މިލިއަން ޑޯޒު ހޯދުމަށް ވާހަކަދެކެވިފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފައިޒަރ އަދި ބައޯޓެކް ކުންފުނިން އުފައްދާފައިފާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން ފުރަތަމަ ގައުމަކީ ކެނެޑާ ކަމުގައިވިނަމަވެސް މި ވެކްސިން ފުރަތަމަ ބޭނުން ކުރެވެންފެށީ އިނގިރޭސި ވިލާތުގައެވެ. މިގޮތުން މިވެކްސިން ފުރަތަމަ ދެވިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިނގިރޭސިވިލާތުގެ 90 އަހަރުގެ އަންހެނަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން