ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިން ސިންގަޕޫރަށް ދަތުރުކުރުމަށް ހުއްދަދިނުމަށް ނިންމާފައިވާކަމަށް ސިންގަޕޫރުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މިއީ ކޮވިޑާ ގުޅިގެން ސިންގަޕޫރުގެ އިގްތިސާދު އަލުން އާރާސްތު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ދަތުރުފަތުރާއި ފަތުރުވެރިކަމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމެއް ކަމަށް ސިންގަޕޫރުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިން ސިންގަޕޫރަށް ދަތުރުކުރުމަށް ހުއްދަދިނުމަކީ އަންނަ އަހަރު ސިންގަޕޫރުގައި ބޭއްވޭ ވޯލްޑް އިކޮނޮމިކް ފޯރަމަށް ތައްޔާރުވުމަށްވެސް ލިބޭނެ އެހީތެރިކަމެއްކަމަށް ސިންގަޕޫރުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.
މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިން ސިންގަޕޫރަށް ދަތުރުކުރުމަށް ހުޅުވާލާނީ އަންނަ ޖެނުއަރީމަހު މެދުތެރޭގައެވެ. މިގޮތުން ކުރުމުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް 14 ދުވަހާ ހަމައަށް ސިންގަޕޫރުގައި ހުރުމުގެ ހުއްދަދެވޭނެކަމަށް ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީއިން ނެރެފައިވާ ނޫސްބަޔާނެއްގައި ހާމަކޮށްފައިވެއެވެ.
އަދި މިފަދައިން ކުރުމުއްދަތަކަށް ދަތުރުކުރާ ފަރާތްތަކުންވެސް ކޮވިޑާގުޅިގެން ކަނޑައެޅިފައިވާ ގަވާއިދުތަކަށް ބޯލަނބަން ޖެހޭނެކަމަށް ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީއިން ހާމަކޮށްފައިވެއެވެ. މިގޮތުން މިދަތުރުވެރިން ތިބުމަށް ވަކި ސަރަހައްދު ތަކެއް ހަމަޖެހިފައިވާނެކަމަށްވެސް ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީއިން ހާމަކޮށްފައިވެއެވެ.
ސިންގަޕޫރު ސަރުކާރުގެ ގަވާއިދުތައް ބުނާގޮތުގައި ކުރުމުއްދަތަކަށް ދަތުރުކުރާ ފަރާތްތަކުން ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެވޭނެ ކަމަށްވެއެވެ. ނަމަވެސް މިފަދައިން ބައްދަލު ކުރެވޭ ސަރަހައްދުތަކުގައި ދަތުރުވެރިންނާއި ސިންގަޕޫރުގައި ދިރިއުޅޭ މީހުންގެ ދެމެދުގައި ބިމުން ފެށިގެން ސީލިންގާ ހަމައަށް ޑިވައިޑަރެއްގެ އެހީގައި ހުރަހެއް އެޅިފައިވާނެކަމަށް ސިންގަޕޫރު ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި މިއީ ސިންގަޕޫރުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއެކުވެސް ސިއްހީ ރައްކާތެރިކަން އިސްކުރުމަށް ހެދިފައިވާ ގަވާއިދުތަކެއްކަމަށް ސިންގަޕޫރު ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު