ހަނދަށް ކުރި ދަތުރު ނިންމާލުމަށްފަހު، ހަނދުގެ ސާމްޕަލް ތަކާއެކު ޗައިނާގެ ޖައްވީ އުޅަނދު މިއަދު ހެނދުނު އެނބުރި ޗައިނާއަށް ޖައްސައިފިއެވެ.

މިއީ 1976 ވަނަ އަހަަރަށްފަހު ދުނިޔެއަށް ހަނދުގެ ސާމްޕަލް ގެނެވޭ ފުރަތަމަ ފަހަރެވެ. މިއާއެކު ޗައިނާ ވެގެން މިދިޔައީ ދުނިޔެއަށް ހަނދުގެ ސާމްޕަލް ގެނައި ތިންވަނަ ގައުމަށެވެ. މީގެ ކުރިން ހަނދުގެ ސާމްޕަލް ދުނިޔެއަށް ގެނެސްފައިވަނީ އެމެރިކާއިންނާއި ސޯވިއެޓް ޔޫނިއެންގެ ޖައްވީ އުޅަނދުތަކުންނެވެ.

ޗައިނާގެ ޖައްވީ އުޅަނދު ހަނދަށް ޖައްސާފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިދަތުރުގައި ހަނދުގެ ސާމްޕަލް ނެގުމުގެ އިތުރުން ހަނދުގައި ޗައިނާގެ ދިދަ ޖަހާފައިވެސްވެއެވެ. މިދަތުރުގައި ޗައިނާގެ ޖައްވީ އުޅަނދުގެ މަގްސަދަކަށްވީ ދެ ކިލޯގެ ސާމްޕަލް ހަނދުން ނެގުމެވެ.

ޗައިނާގެ ޖައްވީ އުޅަނދު، ޗޭންޖް 5 ގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލިއިރު، މި ޖައްވީ އުޅަނދު ހަނދުގައި 2 ދުވަސް ހޭދަކޮށްފައިވާކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު