ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފްރާންސްގެ ރައީސްގެ އޮފީހުން މިކަން ހާމަކުރި ނަމަވެސް ރައީސް މެކްރޮންގެ ހަށިކޮޅަށް ވައިރަސް އެރީ ކޮން ގޮތަކުން ކަމެއް ސާފެއް ނުވެއެވެ.

"މެކްރޮން ޕޮޒިޓިވް ވިކަން ހާމަވީ ޕީސީއާރް ޓެސްޓްގެ ނަތީޖާއިން." ރައީސްގެ އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މެކްރޮން ކުރިއަށް އޮތް ހަތް ދުވަހު ހުންނަވާނީ އެކަހެރިވެ ވަޑައިގެން ކަމަށެވެ. އަދި ގައުމު ހިންގަވަމުން ގެންދަވާނީ އޮންލައިންކޮށް ނުވަތަ ވާޗުއަލްކޮށް ކަމަށް ވެސް އޮފީހުން ބުނެފައި ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނާއި ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވުމުން ރައީސް މެކްރޮންގެ ކުރިއަށް ހުރި ދަތުރުފުޅުތައް ކެންސަލް ކުރަށްވާފައިވާ ކަމަށެވެ. އެގޮތުން ޑިސެންބަރު 22 ވަނަ ދުވަހު ލެބަނާންއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުވެސް ކެންސަލް ކުރައްވާފައިވާ ކަމަށް ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

"މިހާރު ބަލަމުން އެގެންދަނީ ރައީސްގެ ހަށިކޮޅަށް ވައިރަސް އެރީ ކޮން ތާކުން ކޮން ގޮތަކުންކަން." ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

ޚަބަރުތައް ބުނާ ގޮތުން ރައީސް މެކްރޮން ވަނީ މިމަހުގެ 10 އިން 11 އަށް ބޭއްވި ޔޫރަޕިއަން ކައުންސިލްގެ އިސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް މެކްރޮން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ މިފަހުން އެންމެ އަރިހުގައި އުޅުއްވި ބޮޑުވަޒީރު ޖޯން ކެސްޓެކްސް މިހާރު ވަނީ އަމިއްލައަށް އެކަހެރިވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން