ފަސް ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި އިންޑިޔާގެ ސްކޫލެއްގެ ހެޑްމާސްޓަރަކު ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ ދެކުނުން ޓެލަންގަނާ ސްޓޭޓްގައި ހުންނަ ސްކޫލެއްގެ ހެޑްމާސްޓަރެކެވެ. ހެޑްމާސްޓަރު ހައްޔަރު ކުރެވުނީ އެސްކޫލްގެ ފަސް ދަރިވަރަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައެވެ.

މިހާދިސާ އާއި ބެހޭގޮތުން އިންޑިޔާ ފުލުހުން ބުނެފައިވަނީ، ހެޑްމާސްޓަރު ހައްޔަރު ކުރެވުނީ 6 އަހަރާއި 10 އަހަރާއި ދެމެދުގެ އަންހެން ކުދިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައެވެ. އަދި މިހާދީސާ ތަހުގީގު ކުރެވެން ފެށުނީ، އަނިޔާ ލިބުނު އެއްކުއްޖެއްގެ މަންމަ ފުލުހުންނަށް މައްސަަލަ ހުށައެޅުމުންނެވެ. ތަހުގީގަށް އިތުރު ސުވާލު ކުރުމުން އިތުރު 4 ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ހާމަވެގެން ދިޔަ ކަމަށް ވެސް އިންޑިޔާގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ ސްކޫލްގައި ކަމަށާއި، އަދި އެހެން މީހަކު ކައިރީ ބުނެފާނެކަމަށް އެކުދިންނަށް ބިރުދައްކައިފައިވާކަމަށްވެސް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ.

އުމުރުން 40 އަހަރުގެ ޑޮއްޑާ ސުނިލް ނަމަކަށް ކިޔުނު މި ހެޑްމާސްޓަރު ހައްޔަރު ކޮށްފައިވަނީ ފިލަން ދުވަނިކޮށް މިދިޔަ ބުދަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން