މެރެޑޯނާގެ ޖަނާޒާ ނިންމާލުމަށް ފަހު ވަޅުލުމަށް ގެންދެވެނީ.
މެރެޑޯނާގެ ޖަނާޒާ ނިންމާލުމަށް ފަހު ވަޅުލުމަށް ގެންދެވެނީ.
އުމުރުން 60 އަހަރުގައި ހާޓް އެޓޭކެއްޖެހިގެން މަރުވި ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް، ޑިއޭގޯ މެރެޑޯނާގެ ގަބުރު ރައްކާކުރުމަށް އާޖެންޓީނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މެރެޑޯނާގެ ގަބުރު ރައްކާކުރުމަށް އާޖެންޓީނާގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ 25 އަހަރުގެ މަޚިހިލް ނަމަކަށްކިޔުނު އަންހެނަކު މެރަޑޯނާ އަކީ އޭނާގެ ބައްޕަ ކަމަށް ބުނެ ކޯޓަށް ހުށައެޅުމުންނެވެ. މިއާއެކު ކޯޓުން ނިންމާފައިވަނީ މެރެޑޯނާގެ ގަބުރު ޑީއެންއޭ ނަގައި ކޯޓަށް ހުށައެޅުމަށެވެ.

މެރެޑޯނާ މަރުވިއިރު ފޮރެންސިކަށް ބޭނުންވާ އިތުރު ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމަށް މެރެޑޯނާގެ ގަބުރު އަންދާނުލެވޭނެކަމަށް މިދިޔަ މަހު އާޖެންޓީނާގެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިއާއެކު މެރެޑޯނާގެ ގަބުރު ވަނީ އާޖެންޓީނާގެ ޕްރައިވެޓް ސަހަރާއެއްގައި ވަޅުލާފައެވެ. އަދި މެރެޑޯނާ އަކީ ބައްޕަ ކަމަށް ދައުވާ ކުރަމުންދާ 25 އަހަރުގެ މަޚިހިލްގެ ދައުވާ އާއެކު ކޯޓުން މިވަނީ މެރެޑޯނާގެ ގަބުރު ރައްކާކުރުމަށްވެސް ހުކުމް ކޮށްފައެވެ.

ކޯޓަށް ހުށައެޅުމުގެ އިތުރުން މިއަންހެން މީހާވަނީ އިންސްޓަގްރާމްގައި މެރެޑޯނާ އަކީ އޭނާގެ ބައްޕަ ކަން ޔަގީން ކުރުމުގެ ހައްގު އޭނާއަށް ލިބެންޖެހޭނެކަމަށްބުނެ ވީޑީޔޯއެއް ވެސް އާންމުކޮށްފައެވެ. މިއަންހެން މީހާ ބުނެފައިވާގޮތުން މީގެ ދެ އަހަރެއް ކުރިން އޭނާގެ މަންމަ ވަނީ މެރެޑޯނާ އަކީ އޭނާގެ ބައްޕަ ކަމަށް ވެދާނެކަމަށް ބުނެފައެވެ.

މެރެޑޯނާ މަރުވިއިރު ހަތަރު އަންހެނަކަށް، ޖުމްލަ ފަސް ކުދިން ލިބިފައިވެއެވެ. މެރެޑޯނާގެ ފައިސާ އާއި މުދާ ހޯދުމަށް މެރެޑޯނާގެ ދަރިން މަސައްކަތް ކުރަމުން ދާއިރު، މިދިޔަ އަހަރު މެރެޑޯނާ ވަނީ އޭނާ މަރުވެއްޖެ ނަމަ އޭނާގެ ފައިސާ ނުވަތަ މުދަލުން އެއްވެސް މިންވަރެއް އޭނާގެ ދަރިންނަށް ނުދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާ މަރުވުމުން އޭނާގެ ނަންމަތީގައި ހުރި ފައިސާ އަދި މުދާތައް ހަދިޔާ ކުރުމަށް ނޫނީ ޑޮނޭޝަންގެ ގޮތުގައި ކޮންމެވެސް ތާކަށް ދޭން ނިންމާފައިވާކަމަށްވެސް މެރެޑޯނާ ވަނީ މިދިޔަ އަހަރު ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


10

މަރްޔަމް

20-Dec-2020

ވަޓް އަ ކަވާޑް ހީ އިޒް



ޓްރެންޑިން