އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި އަނބިމީހާ އާއި ދެދަރިން މަރާލި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ބްރަރޔަން ރިޗާޑްސަން ނަަމަކަށް ކިޔުނު މި ފިރިހެން މީހާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން މިފިރިހެންމީހާ ހައްޔަރުކުރިއިރު އޭނާ އޮތީ މަރާލާފައިވާ އަންހެނުންނާއި ދެދަރިންގެ ގަބުރު ކައިރިއަށްލައިގެން އޮށޯވެއެވެ.

ނަމަވެސް ފުލުހުން ސުވާލު ކުރުމުން އެއްވެސް ކަމެއް ނޭނގޭކަމަށް ބްރަރޔަން ރިޗާޑްސަން ބުނެފައިވެއެވެ.

ބްރަރޔަން ރިޗާޑްސަންގެ ގޭތެރެ ބަލާ ފާސްކުރުމުން ބިޔަރު ދަޅުތަކަކާއެކު އޭނާގެ އަންހެނުންނާއި ދަރިން މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ނަފްސާނީ ބައްޔަކަށް ކާ ބޭސްތަކެއްވެސް ބްރަރޔަން ރިޗާޑްސަންގެ ގޭތެރެއިން ފެނިފައިވެއެވެ.

މީގެ އިތުރުން ބްރަރޔަން ރިޗާޑްސަން އާއިލާގެ ކުއްތާވެސް ގެތޭރޭގައި މަރާލާފައޮށްވާ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ބްރަރޔަން ރިޗާޑްސަން ހައްޔަރުކޮށް ޖަލައްލާފައިވަނީ ތިން މީހަކު މަރާލިކަމުގެ ކުށުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން