ކޮވިޑާ ބެހޭގޮތުން ދިރާސާތައް ކުރަމުންދާ ސައިންސްވެރިން މިބަލީގެ އާ އަލާމާތެއް ހޯދައިފިއެވެ. އަދި މި ފެނުނު އާ އަލާމަތީ ނުރައްކާތެރި އަލާމާތެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިދިރާސާ ރިޕޯޓުގައި މިދިރާސާގެ ބައިވެރިވި އެމެރިކާގެ ހޮފްސްޓްރާ ޔުނިވަރސިޓީގެ ސައިންސްވެރިން ހާމަކޮށްފައިވާގޮތުން، ކޮވިޑް ޖެހިފައިވާ ތިން މީހެއްގެ ފަރާތުން ކެރަޓައިޓިސް ގެ އަލާމާތްތައް ފެނިފައިވާކަމަށްވެއެވެ.

ކެރަޓައިޓިސް ޖެހުމުން ލޮލުގައި އިންނަ ކޯނިޔާ ދުޅަވެ ލޮލުތެރޭގައި އިންފެކްޝަން އުފެދުން ނުވަތަ އެންޑޯފްތަލްމައިޓަސް އަށް ބަދަލުވެގެންދެއެވެ.

ސައިންވެރިން ކުރަމުން ދިޔަ ދިރާސާއިން ކޮވިޑް ޖެހިފައިވާ ތިން މީހެއްގެ ފަރާތުން ކެރަޓައިޓިސް ގެ އަލާމާތްތައް ފެނުމާއެކު ކުރެވުނު އިތުރު ތަހުލީލުތަކުން މި ތިން މީހުންގެ ތެރެއިން އެކަކުގެ ލޯ އަނދިރިވެފައިވާ ކަމަށާއި، ދެވަނަ މީހާގެ އެއް ލޯ ނަގަން ޖެހުނު ކަމަށް ފާހަގަ ވެފައިވެއެވެ. އަދި ތިން މީހުންގެ ތެރެއިން އެކަކުގެ ހާލު ދެރަވެ މަރުވެފައިވާކަމަށް މަޢުލޫމާތު ލިބުނު ކަމަށް ހޮފްސްޓްރާ ޔުނިވަރސިޓީގެ ސައިންސްވެރިންގެ ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ނޯރިޖްގެ ސައިންސް ރިޕޯޓުގައި ކެރަޓައިޓިސް ގެ އަލާމާތްތަަކާއެކު ލޮލުގެ އިންފެކްޝަން އުފެދުނު 27 މީހެއްގެ ވާހަކަ ހިމަނާފައިވެއެވެ. އަދި މިގޮތަށް ކެރަޓައިޓިސް ގެ އަލާމާތްތަަކުން ލޮލުގެ އިންފެކްޝަން އަކަށް ނުވަތަ އެންޑޯފްތަލްމައިޓަސް އަށް ބަދަލުވުމަކީ އާންމުކަމެއް ނޫންކަމަށް ވިޔަސް، މިއީ ނުރައްކާތެރިކަމެއްކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން