ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައި އެޅުނު އެންމެ މުހިންމު އެއް ފިޔަވަލަކީ ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމެވެ. މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރު ކުރެވިގެން ދިޔައީ، މާލެ ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުތައް އިތުރުވާން ފެށުމާ ގުޅިގެންނެވެ. މިހާރު ކޭސްތައް ރިޕޯޓް ކުރެވޭ އަދަދުތައް ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށާފައިވާއިރު، މާސްކު އެޅުން އިޙުތިޔާރީ ކަމަކަށް ހަދަން އުޅޭ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް، އެފަދަ ނިންމުމެއް ނުނިންމާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށްދިޔަ ނަމަވެސް އަދިވެސް ބަލި އުޅޭކަމަށެވެ. އަދި ރާއްޖެ ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ، އެހެންކަމުން އަދިވެސް ބަލިފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މާސްކު އެޅުމުގެ އިތުރުން ދެން އެޅިފައިވާ ފިޔަވަޅަކީ ގައިދުކުރުމަށް އިސްކަން ދިނުމެވެ. މަގުމަތީގައްޔާއި އެހެނިހެން ތަންތަނުގައި އުޅޭ އިރު ތިމާއާ އަނެކާއާ ދެމެދު މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމެވެ. މި ވައިރަސް ދުނިޔެ ތެރެއަށް ފެތުރިގެން ދިޔައިރު، އަލާމާތްތައް ނުފެންނަ މީހުންގެ ފުށުން ވައިރަސް ފެތުރިގެން ދިޔަ ކަމަށް ސައިންސްވެރިން މިއަދު އިއްތިފާގުވެ އެވެ. އެއަރޕޯޓުތަކުގައި ތަރމަލް ކެމެރާ ހަރުކޮށް، އަލާމާތްތައް ހުންނަ މީހުން ފުރާނަން ފެށިއިރު، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ އެތައް ބަޔަކު އާބާދީގެ ތެރެއަށް ފުރޭނިގެން އައެވެ. އެ ބަޔަކަށް ނޭނގި، އެވެރިން ދިޔައީ ބަލި ފަތުރަމުންނެވެ. މި ހުރިހާ ކަމަކަށް މި ވަގުތަށް އެންމެ ފަސޭހަ ހައްލަކީ އިޖުތިމާއީ ގައިދުރުކަން ކަމަށް ގިނަ ސައިންސްވެރިންނާއި ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. މިއީ ކޮންމެހެން ބަލީގެ ފަރުވާއެއް ނޫނެވެ. ނަމަވެސް ގައިދުރުކުރުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު (ޓްރާންސްމިޝަން ރޭޓް) ބޮޑު ތަނުން ދަށްވެ އެވެ.
މިއަދު މާލޭގެ މަގު މައްޗަށް ނުކުމެ ނަޒަރު ހިންގާލައިފި ނަމަ މި ދެންނެވި ކަންކަމަށް އަހައްމިޔަތުކަން ނުދޭ މީހުން މަދުން ނަމަވެސް ފެންނާނެއެވެ. މާސްކު ނާޅާވެސް އުޅެނީއެވެ. ގައިގޯޅިވެ އުޅެނީއެވެ. ގުރޫޕު ހަދާފައި މައިޒާންތަކުގައްޔާއި މަގުމަތީގައި ތިބެނީއެވެ. މިގޮތަށް އުޅޭ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަކީ ފުލުހުން ކުރަމުން އަންނަ ކަމެކެވެ. ނަޞޭހަތްދީގެން ރަނގަޅު ނުކޮށްފި ނަމަ ޖޫރިމަނާ ނުވަތަ އެ ނޫން ވެސް ފިޔަވަޅުތައް އަޅައެވެ. އެކަމަކު ފާހަގަކުރެވުނު އެއް ކަމެއް އެބަ އޮތެވެ.
ނިސްބަތުން ބަލާ ނަމަ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ގިނައިން އުޅެނީ ބިދޭސީންނެވެ. ނަމަވެސް މި މީހުންނަށް ފިޔަވަޅު އެޅޭތަން ވަރަށް ނުފެނެއެވެ. އަބަދު ވެސް ފެންނަނީ ދިވެހި މީހާ ފަހާ ފުލުހުން ދުވާތަނެވެ. ބިދޭސީން މާލޭގައި އުޅޭކަން ވެސް އެވެރިން ނުދަންނަނީ ތޯއްޗެކެވެ. މި ދެންނެވި ތަފާތުކުރުމަކީ ފުލުހުން ގެންގުޅޭ ތަފާތުކުރުމެކެވެ. ދިވެހިރާއްޖޭގެ ގާނޫނު ބިދޭސީންގެ މައްޗަށް ނުހިނގާ ކަމުގެ ޝަކުވާއަކީ ދިވެހިން އަބަދު ވެސް ކުރާ ޝަކުވާއެކެވެ. ފިޔަވަޅު އަޅާ ނަމަ ވަކި ބަޔަކު އިސްތިސްނާ ނުކޮށް އިންސާފާ ހަމަހަމަކަމަށް ލޯބިކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު