މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޔުނައިޓެޑް އެއަރލައިނުން ދަތުރުކުރި ކޮވިޑް ޖެހިފައިވާ ފިރިހެނަކު ދަތުރުމަތީގައި މަރުވެފައިވާ ކަމަށް ޔުނައިޓެޑް އެއަރލައިނުން ހާމަކޮށްފިއެވެ.

ޔުނައިޓެޑް އެއަރލައިނުގެ ފްލައިޓަކުން އެމެރިކާގެ އޯރލެންޑޯ ސިޓީ އިން ލޮސްއެންޖެލިސް ސިޓީއަށް ދަތުރުކުރި މިފިރިހެން މީހާ މަރުވެފައިވަނީ ދަތުރަށް ފެށިތާ ދެގަޑިއެއްހާއިރު ތެރޭގަައެވެ. އޭނާ މަރުވުމުގެ ކުރިން ނޭވާލާން އުނދަގޫވެގެން އުޅުނުކަމަށް ފްްލައިޓުގައި ދެންތިބި އެހެން ފަސެންޖަރުންނާ ހަވާލާދީ ޔުނައިޓެޑް އެއަރލައިނުން ހާމަކޮށްފައިވެއެވެ.

އަދި މިފިރިހެން މީހާ ފްލައިޓުން ބޭލުވުމުގެ ކުރިން ފްލައިޓުމަތިން ސީޕީއާރް ދެވުނު ކަމަށްވެސް ޔުނައިޓެޑް އެއަރލައިނުން ފާހަގަކޮށްފައިވެއެވެ. މި ފިރިހެން މީހާ އަދި އޭނާ އާއެކު ދަތުރުކުރަމުން ދިޔަ އޭނާގެ އަންހެނުން ބާލުވާފައިވަނީ ނިއު އޯރލީންސް ސިޓީއަށެވެ. ފްލައިޓުން ފައިބައި އެހީތެރިވާން އައިސްތިބި މެޑިކަލް އޮފިސަރުންނާ ވާހަކަ ދައްކަމުން މި ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި އަދި އޭނާ އަށް ނޭވާލުމަށް އުނދަގޫވާ ކަމަށާއި ވަހާއި ރަހަތައް ދެނެގަތުމަށް އުނދަގޫވިކަމަށް ފިރިހެން މީހާގެ އަންހެނުން ފާހަގަކޮށްފައިވެއެވެ.

މިހާދިސާ އާއި ބެހޭގޮތުން ޔުނައިޓެޑް އެއަރލައިނަށް އެންމެ ފުރަތަމަ މަޢުލޫމާތު ލިބުނީ އެފިރިހެން މީހާ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށެވެ. ނަމަވެސް އެ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ހޯދުމަށް ސީޑީސީއިން އަންގާފައިވުމުން ފްލައިޓު ދަތުރުކުރަމުންދިޔަ ލޮސްއެންޖެލިސް ސިޓީއަށް ޖެއްސުމާއެކު ފްލައިޓުގެ ކްރޫއިން 14 ދުވަހަށް ކަރަންޓީނުކޮށްފައިވާކަމަށް ޔުނައިޓެޑް އެއަރލައިނުން ހާމަކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން މި ފްލައިޓުގައި ދަތުރުކުރި ގިނަބަޔަކު ދަނީ މީސްމީޑިޔާގައި ޔުނައިޓެޑް އެއަރލައިނަށް ފާޑުކިޔައި، ފްލައިޓަށް މީހުން އެރުވުމުގެ ކުރިން ސިއްޙީހާލަތު ދެނެގަނެވޭނެ ހަރުދަނާގޮތެއް ހޯދައި ފްލައިޓުގެ ކްރޫއިންގެ އިތުރުން ފްލައިޓުގައި ދަތުރުކުރާމީހުންގެ ސަލާމަތަށް ބެލުމަށްވެސް ގޮވާލާފަައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން