ޑަބްލިޔުއެޗްއޯގެ ޑީޖީ ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް
ޑަބްލިޔުއެޗްއޯގެ ޑީޖީ ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް
ކޮވިޑް-19 އިން އަރައިގަތުމުގެ ވަގުތު ގާތްވެއްޖެ ކަމަށާއި އެހެން ނަމަވެސް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބުލިޔުއެޗްއޯ)އިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް ވިދާޅުވީ ކޮވިޑްގެ ކެންޑިޑޭޓް ވެކްސިންތަކުގެ ދެ ބިލިޔަން ޑޯޒް، އދ. އިން ކަނޑައަޅާފައިވާ ވެކްސިން ޕްރޮގްރާމް، ކޮވެކްސްއަށް ލިބޭނެ ކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ.

"މިއީ ބަލިމަޑުކަމުގެ ނިމުން ފެންނަ ހިސާބަށް އައިކަމުގެ ހިތްހަމަޖެހުން ލިބިގަންނަންވީ ވަގުތު. ނަމަވެސް ރައްކާތެރިވާން ކުރާ މަސައްކަތް ހުއްޓައިނުލަން ފަރުވާތެރިވާން ޖެހޭނެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި އެހެން މީހުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމުގެ ޒިންމާ އަޅުގަނޑުމެން އުފުލަން ޖެހޭނެ،" އޭނާ ވިދާޅުވި އެެވެ.

ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ނިމޭ އިރު ހުރިހާ ގައުމެއްގެ ވެސް އާބާދީގެ 20 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިން ދެވޭނެ އެވެ. އަދި ދެން ތިބި މީހުންނަށް 2022 ވަނަ އަހަރު ވެކްސިން ދީ ނިންމާލެވޭނެ އެވެ.

ޑަބުލިއުއެޗްއޯގެ އެ އަމާޒަށް ވާސިލުވެއްޖެ ނަމަ 2022 ވަނަ އަހަރަކީ ކޮވިޑް-19ގެ ނުރައްކާ އެއްވެސް ވަރަކަށް ނެތް އަހަރަަކަށް ވެގެންދާނެއެވެ. އަދި އެހެން ވެއްޖެނަމަ އިހު އުޅުނު ދިރިއުޅުމަށް އަނބުރާ ދެވޭނެއެވެ.

ނަމަވެސް ވަރަށް ފަހުން ރޮއިޓާސް އަށް ލިބުނު އެތެރޭގެ ލިއުންތަކަކުން ހާމަވާ ގޮތުގައި ޑަބްލިޔޫއެޗްއޯގެ ވެކްސިން ޕްރޮގްރާމް ފެއިލްވެ ފަގީރު ގައުމުތަކަށް 2024 ގެ ކުރިން ވެކްސިން ފޯރުކޮށް ނުދެވޭނެކަމަށް ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން