އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަދި އަނބިކަނބަލުން ކަރެން ޕެންްސް، ކޮވިޑް އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ޖައްސަވައިފިއެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވެކްސިން ޖެއްސެވުމުން، މިއީ ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ އަދި ބައޯޓެކް ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން، އެމެރިކާގެ އެންމެ އިސްވެރިޔަކަށް ދެވުނު ފުރަތަަމަ ފަހަރަށް ވާނެއެވެ. އަދި ވެކްސިނާ ދޭތެރޭ އާންމުން އިތުބާރު ކުރާމިންވަރު އިތުރުކުރުމަށްޓަކައިި، މައިކް ޕެންސް ވެކްސިން ޖެއްސެވުމުގެ ރަސްމިއްޔާތު ވަނީ ޓީވީ އިން ލައިވް ކޮށްފައެވެ.
ވެކްސިން ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ވަލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރގައެވެ. ވެކްސިން ޖެއްސެވުމަށްފަހު މިބަލިމަޑުކަމުން ސަލާމަތް ވުމުގެ އުންމީދު އޮތްކަމަށް މައިކް ޕެންސް ވަނީ ފާހަގަކޮކުރަށްވާފަފައެވެ. ވެކްސިން ޖެއްސެވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިޒަރ އަދި ބައޯޓެކް ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ އިތުރުން މޮޑަރނަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވަރަށް އަވަހަށް ލިބޭނެކަމަށް މައިކް ޕެންސް ވިދާޅުވެފައިވެއެވެ.
މިއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަމަށް ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ހާމަކޮށްފައިވެއެވެ. ނަމަވެސް ޓްރަމްޕް އިސްކަމެއްދެެއްވާނީ ފްރަންޓްލައިނުގައި މަސައްކަތް ކުރައްވަމުންދާ މީހުންނަށް ފުރަތަމަ ވެކްސިން ލިބުމަށްކަމަށްވެސް ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެން ވެކްސިން ޖެއްސެވުމަށް ޑރ. ފައުޗީ ގޮވާލައްވާފައިވާއިރު، ހާމަކަން ބޮޑު ގޮތެއްގައި ވެކްސިން ޖައްސަވާނޭކަމަށް މިދިޔަ އަންގާރަ ދުވަހު ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ. ޑރ. ފައުޗީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށްވެސް ވެކްސިން ޖެއްސެވުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު