އެމެރިކާގެ ޓެކްސަސްގައި އޮތް ކައިވެނި ހަފްލާއަކަށް ފޮޓޯ ނަގަން ދިޔަ ފޮޓޯގްރާފަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މި ކައިވެނި ހަފްލާ އަށް ދިޔުމަށްފަހު މާގިނަ ދުވަހެއްނުވެ ކޮވިޑަށް ޕޮޒިޓިވް ވުމުން ފޮޓޯގްރާފަރު ވަނީ އޭނާގެ ވާހަކަ މީސްމީޑިޔާގަޔާއި އެމެރިކާގެ ބައެއް ނޫސްތަކުގައި ހިއްސާކޮށްފައެވެ.

ފްޓޯގްރާފަރު ހާމަކޮށްފައިވާގޮތުން، މި ކައިވެނި ހަފްލާގައި ދެގަޑިއެއްހާއިރު ފޮޓޯ ނެގުމަށް އޭނާ ހަރަކާތެރިވެފައިވެއެވެ. އަދި މި ހަފްލާގައި ބައިވެރިވި އެއްވެސް މީހަކު މާސްކް އަޅާފައި ނުވާކަމަށްވެއެވެ.

މީގެ އިތުރުން، ހަފްލާގެ މެދުތެރެއިން ކައިވެނި ކުރި ދެމީހުންގެ ތެރެއިން ފިރިހެން މީހާ އަށް ހުރީ ކޮވިޑް ޖެހިފައިކަން އެނގުނު ކަމަށް ފޮޓޯގްރާފަރު ހާމަކޮށްފައިވެއެވެ.

"ހަފްލާ ތެރެއިން ދެމަފިރިން އައިސް އަހަރެންގެ މަސައްކަތަށް ތައުރީފު ކުރަމުން ބުނީ ޝުކުރު އަދާ ކުރަމޭ އައިސް ދިނީތީވެ، ހާއްސަކޮށް ފިރިމީހާގެ ހާލަތު އެނގި ހުރެވެސް. އެކަމު އޭރަކު ނޭނގުނު އެހެން އެބުނީ ކީއްވެކަމެއް. ދެން ސުވާލު ކުރުމުން މި އެނގުނީ ކައިވެެނި ހަފްލާގެ އެއްދުވަސް ކުރިން ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން." ފޮޓޯގްރާފަރު ބުނެފައިވެއެވެ.

ހަގީގަތް އެނގުމުން އޭނާގެ ތިން ކުދިންނާއި އޭނާ އަކީ ނޭވާ ހިއްލާ މީހެއްކަން ހަނދާންވެފައި، ކައިވެނި ހަފްލާ ދޫކޮށްދިޔަކަމަށް ފޮޓޯގްރާފަރު ބުނެފައިވެއެވެ. އަދި ދާންހެދުުމުން ކައިވެނި ހަފްލާއަށް އައިސް ތިބި ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވެއެވެ. މިގޮތުން ކައިވެނި ހަފްލާގެ އުފާވެރިކަމުގެ ރޫޙް ގެއްލުވާލީކަމަށް ބުނެ ބައެއް މީހުން ޝަކުވާ ކޮށްފައިވާކަމަށްވެސް ފޮޓޯގްރާފަރު ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން