ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރު ކުރެވިފައިވާ ފައިޒަރ ކުންފުނީގެ ވެކްސިން ބަންދުކޮށްފައިވާ ފުޅީގައި ބޭނުންވާ ޑޯޒަށް ވުރެ ގިނައިން ހުންނަ ކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގަ އޮތޯރިޓީ (އެފްޑީއޭ) އިން ހާމަކޮށްފިއެވެ.
އެފްޑީއޭއިން މިކަން ހާމަކޮށްފައިވަނީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަދިނުމުގެ ކުރިން ފާރމަސިސްޓުން ހެދި ތަހުލީލުތަކަކަށް ބިނާކޮށެވެ. އަދި މިކަމާބެހޭގޮތުން އެފްޑީއޭގެ ތަރުޖަމާނު ހާމަކޮށްފައިވަނީ، ފައިޒަރ ކުންފުނީގެ ވެކްސިން ބަންދުކުރެވިފައިވާ ފުޅީގައި ބޭނުންވާ ޑޯޒަށް ވުރެއް ގިނައިން ހުންނަ ކަމަށެވެ.
ވެކްސިން ބަންދުކުރުމުގައި، ފައިޒަރ ކުންފުނިން ފުރަތަމަ ނިންމާފައިވަނީ އެއްފުޅީގައި ވެކްސިނުގެ ފަސް ޑޯޒު ބަންދުކުރުމަށެވެ. ނަމަވެސް އެމެރިކާގެ ފަރމަސިސްޓުން ފާހަގަކޮށްފައިވާގޮތުން ފައިޒަރ ކުންފުނީގެ ވެކްސިން ބަންދުކުރެވިފައިވާ ފުޅީގައި ވެކްސިންގެ 6 ޑޯޒް ނުވަތަ 7 ޑޯޒަށް ވާވަރަށް ހުރެއެވެ.
ބަލިމަޑުކަން ފެތުރެމުންދާ މިންވަރަށް ރިޔާޔަތްކޮށް ވީހާ އަވަހަށް ގިނަ ބަޔަކަށް ވެކްސިން ދިނުމަށްޓަކާ އެފްޑީއޭއިން އިރުޝާދުދެނީ ވެކްސިން ބަންދުކުރެވިފައިވާ ފުޅީގައި ބާކީވެފައި ހުންނަ ވެކްސިންގެ ޑޯޒުކޮޅުވެސް ބޭނުންކުރުމަށެވެ.
ނަމަވެސް ވެކްސިން އުފައްދާފައިވާ ފައިޒަރ ކުންފުނިން އިރުޝާދުދެނީ ވެކްސިން ބަންދުކުރެވިފައިވާ ފުޅީގައި އިތުރުވާ ވެކްސިންގެ ޑޯޒަކީ 0.3 އެމްއެލް ނުވަތަ އެއަށްވުރެ މަދު މިންވަރެއް ނަމަ ބޭނުން ނުކޮށް އުކާލުމަށެވެ.
އެމެރިކާގައި ވެކްސިންގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އެންތޮނީ ފައިޗީ ވިދާޅުވެފައިވަނީ އާންމުކޮށް މިފަދަ ވެކްސިނެއް ތައްޔާރު ކުރަން ދިހަ، ބާރަ އަހަރު ނެގި ނަމަވެސް ކޮވިޑް ވެކްސިން އުފައްދަން އަހަރަކަށް ވުރެވެސް ކުރު މުއްދަތެއް ނަގާފައިވަނީ އެއްގޮތަކަށް ވެސް ވެކްސިންގެ ރައްކާތެރިކަމާއި ޔަގީންކަމަށް އިސްކަން ނުދީ އުފައްދާފައި ވާތީ ނޫން ކަމަށެވެ.
އެއީ ފަހުގެ ސައިންސްގެ އީޖާދުތަކާއެކު ވަސީލަތްތަކާއި އިންސާނީ ސިކުނޑި ވެސް ތަރައްގީވެފައިވާ މިންވަރުގެ ސަބަބުން އެކަމަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެކްސިން އުފައްދަން މަސައްކަތް ފެށުމަށް ހުސްވި އަހަރުގެ ޑިސެންބަރު މަހު ޚިޔާލުދެއްވި ޑރ. ފައިޗީ ވިދާޅުވިއެވެ. ވެކްސިން އުފެއްދުމުގައި ރައްކާތެރި ކަމުގެ އެއްވެސް ކަމެއް ގުރުބާން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަމާއެކު ވެކްސިންގެ ރައްކާތެރިކަން ޑރ. ފައުޗީ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު