އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެންގެ ފުރަތަމަ އަނބިކަނބަލުން ނީލާ އަދި ދަރިފުޅު ނައޯމީ ނިޔާވިތާ 48 އަހަރު ފާހަގަކުރެއްވުމަށް، އެދެމައިންގެ މަހާނައަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޖޯ ބައިޑެންގެ ފުރަތަމަ އަނބިކަނބަލުން ނީލާ އަދި ދަރިފުޅު ނައޯމީ ނިޔާވެފައިވަނީ 1972 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ހިނގާދިޔަ އެކްސިޑެންޓެއްގައެވެ. މިހާދިސާގައި ޖޯ ބައިޑެންގެ ދޮށީ ދެދަރިން ކަމަށްވާ ބެއޫ، އަދި ހަންޓާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

މިހާދިސާ ހިނގާދިޔައީ ޖޯ ބައިޑެންގެ ފުރަތަމަ އަނބިކަނބަލުން ނީލާ ކްރިސްމަސް ފާހަގަކުރެއްވުމަށް ގަހެއް ބައްލަވައިގަނެގެން ގެއަށް ވަޑައިގަންނަވަނިކޮށް، ނީލާ ދުއްވަމުން ގެންދެވި ކާރު ޓްރެކްޓަރެއްގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. މި ހާދިސާ ހިނގާ ދިޔައިރު ނީލާ އާއެކު އެދެމަފިރިންގެ ތިން ކުދިން ކަމަށްވާ ނައޯމީ، ބެއޫ، އަދި ހަންޓާ ވެސް ކާރުގައި އިންކަމަށްވެއެވެ. ނަމަވެސް މިހާދިސާއިން ސަލާމަތްވީ 4 އަހަރުގެ ބެއޫ، އަދި 3 އަހަރުގެ ހަންޓާ އެކަންޏެވެ. މިހާދިސާގައި ނީލާ އާއެކު 13 މަހުގެ ނައޯމީ ވަނީ ނިޔާވެފައެވެ.

މިހާދިސާގެ މައުލޫމާތު ލިބިވަޑައިގެންނެވި އިރު، ޖޯ ބައިޑެން ހުންނެވީ ފުރަތަމަ ފަހަރަށް އެމެރިކާގެ ސެނަޓަށް ހޮވިވަޑައިގެން އޮފީހަށް ބޭނުންވާ ތައްޔާރީތައް ކުރެއްވުމުގެ މަސައްކަތުގައި ކަމަށް ވެއެވެ.

ޖޯ ބައިޑެންގެ ފުރަތަމަ އަނބިކަނބަލުން ނީލާ އަދި ދަރިފުޅު ނައޯމީ ނިޔާވިތާ 48 އަހަރު ފާހަގަކުރުމަށް، އެދެމައިންގެ މަހާނައަށް ކުރެއްވުމުގައި މި ޒިޔާރަތުގައި ބައިޑެން އާއެކު މިހާރުގެ އަނބިކަނބަލުން ޖިލް ބައިޑެން އަދި އެދެމަފިރިންގެ ދަރިފުޅު އޭޝްލީ ބައިޑެން ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން