އެމެރިކާގެ ޓެނެސީ ސްޓޭޓްގެ ސީއެޗްއައި މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހަކު ވެކްސިން ޖެހުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަނިކޮށް ހޭނެތިއްޖެއެވެ.
ނަރުސް ހޭނެތިފައި ވަނީ ކޮވިޑް އިން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖެހުމަށްފަހު ވެކްސިންގެ ރައްކާތެރިކަމާ ބެހޭގޮތުން ލައިވް ޓީވީ ގައި ނޫސްވެރިންނާ ވާހަކަ ދައްކަނިކޮށެވެ.
މިހާދިސާގައި ކަން ހިނގާދިޔަގޮތް ފެންނަ ވީޑިޔޯގައި ވެކްސިން ޖެހުމަށްފަހު ވެކްސިނާ ބެހޭގޮތުން ވާހަކަދެއްކުމަށް އިންޓަވިއުފެށިތަނާ މާގިނަ އިރުތަކެއްނުވެ ބޮލަށް އެނބުރުން އަރާވާހަކަ ނަރުސް ކުއްޖާ ބުނާތަންފެނެއެވެ. އެއަށް ފަހު ނަރުސް ކުއްލިއަކަށް ހޭނެތިގެން ވެއްޓޭ މަންޒަރު ފެނިގެން ދެއެވެ.
ނަމަވެސް ހޭނެތިގެން ވެއްޓުނު ނަރުސް ހޭނެތުނީ ވެކްސިނާ ގުޅުން ހުރި ކަމަކުން ނޫންކަމަށް މެޑިކަލް ޓީމުން ހާމަކޮށްފައިވެއެވެ. އަދި އޭނާ އަކީ މީގެ ކުރިންވެސް ގައިގެ ތަނަކު ރިއްސާނަމަ ކުއްލިއަކަށް ހޭނެތޭ މީހެއްކަަމަށްވެއެވެ.
ލައިވް ޓީވީގައި ހިނގާދިޔަ މިހާދިސާއަށްފަހު އެމެރިކާގެ ނޫހަކަށް މަޢުލޫމާތުދެމުން އޭނާގެ ހާލު ރަނގަޅުކަމަށް އެނަރުސް ބުނެފައިވެއެވެ. އަދި އޭނާ ހޭނެތުނީ އިންޖެކްޝަން ޖެހި އަތަށް ތަދުވުމުން ކަމަށް ބުނެފައިވެއެވެ.
ފައިޒާގެ ކޮވިޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ އެމެރިކާ ނާއިބް ރައީސް މައިކް ޕެންސާއި އޭނާގެ އަނބިކަނބަލުން ވެކްސިން ޖަހާ މަންޒަރު އިއްޔެ ވަނީ ވަގުތުން ޓީވީން ލައިވް ކޮށްފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެކްސިންގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ މުޝީރު ޑރ. ފައުޗީ ވިދާޅުވީ މިހާރު ޖަހަމުން ގެންދާ ފައިޒާ ވެކްސިނަކީ 95 އިންސައްތަ ރައްކާތެރިކަން ޔަގީން ވެކްސިނެއް ކަމަށާއި އެއީ އިތުބާރު ހިފޭ ވެކްސިނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު