އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ މާ ނުރައްކާތެރި އައު ބާވަތެއްގެ ވައިރަހެއް ފެނުމާއެކު، އެވައިރަހާ ދެކޮޅަށް ފައިޒަރ އަދި މޮޑަރނާއިން ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދި ވެކްސިން މަސައްކަތް ކުރޭތޯ ބެލުމަށް އިތުރު ތަހުލީލުތަކެއްފަށައިފިއެވެ.
މިކަމާ ބެހޭގޮތުން މޮޑަރނާ ކުންފުނިން ބުނެފައިވަނީ އިތުރު ތަހުލީލު ތަކުގެ ބޭނުމަކީ މިހާރު ތައްޔާރުކުރެވިފައިވާ ވެކްސިނުން، އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އައު ބާވަތުންވެސް ރައްކާތެރި ވެެވޭތޯ ބެލުމެވެ. މިގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މޮޑަރނާ ކުންފުނީގެ ވެކްސިނުން، ކޮރޯނާވައިރަހުގެ އާ ބާވަތުން ރައްކާތެރިވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެކަމަށްވެސް މޮޑަރނާ ކުންފުނިން ހާމަކޮށްފައިވެއެވެ.
ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިނުން ކޮރޯނާ ވައިރަހުގެ އާ ވައްތަރުން ރައްކާތެރިވެވޭތޯ ބެލުމަށް ކުރާ ތަހުލީލުތައް ކުރިއަށް ދާކަމަށް ވަނީ ހާމަކޮށްފައެވެ. މިގޮތުން މިހާތަނަށް ވެކްސިން ދީފައިވާ މީހުންގެ ލޭގެ ސާމްޕަލް ނަގައި، އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ބާވަތުގެ ސާމްޕަލްތަކާ އަޅާކިޔައި، އިތުރުތަހުލީލުތަކަށް ބޭނުންވާ ޑާޓާ ހޯދަމުން ދާކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވައްތަރާއެކު ފެތުރެމުންދާ މިބަލިމަޑުކަމަށް އިތުރު ބިރުވެރިކަމެއް ވަނީ އައިސްފައެވެ. މިގޮތުން މި ފެނުނު ވައިރަހުގެ އާ ބާވަތުން، ގައިން ގަޔަށް މިބަލި އަރާ މިންވަރު 40 އިންސައްތަ އާއި 70 އިންސައްތަ އާއި ދެމެދު މިންވަރަކަށް އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ.
އަދި މިކަމާ ބެހޭގޮތުން ސައިންވެރިން ބުނަނީ، އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާ ބާވަތުން ރައްކާތެރިވާނޭ ކަމުގެ އެއްވެސް ހެއްްކެއް އަދި މިހާތަނަށް ތައްޔާރު ކުރެވިފައިވާއެއްވެސް ވެކްސިނަކުން ލިބިފައިނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިނގިރޭސި ވިލާތުން އެހެން ގައުމުތަކަށް ދަތުރު ކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ވަނީ އިނގިރޭސި ވިލާތުން އެގައުމު ތަކަށް ދަތުރު ކުރުން މަނާކޮށްފައެވެ. މީގެއިތުރުން ބައެއް ގައުމުތައް ވަނީ އަލުން ލޮކްޑައުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު