އެންޓަރޓިކާގައި ޗިލީގެ ސިފައިން ހަރަކާތްތެރިވާ މިލިޓަރީ ބޭސް.
އެންޓަރޓިކާގައި ޗިލީގެ ސިފައިން ހަރަކާތްތެރިވާ މިލިޓަރީ ބޭސް.
ދުނިޔޭގައި ކޮވިޑް ފްރީ ކޮންޓިނެންޓެއް ގޮތުގައި އޮތް އެންޓާޓިކާ ސަރަހައްދަށް ކޮރޯނާ ވަރިރަހުގެ އަސަރު ފޯރައިފިކަމަށް އެންޓާޓިކާގައި ހަރަކާތްތެރިވާ ޗިލީގެ ސިފައިން ހާމަކޮށްފިއެވެ.

މިގޮތުން ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގެ، އެންޓާޓިކާގައި ހުންނަ މިލިޓަރީ ބޭހުގައި ހަރަކާތް ތެރިވާ 26 ސިފައިންނާއި ކޮންޓްރެކްޓަރުންގެ ގޮތުގަައި ހަރަކާތްތެރިވާ 10 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށްް ޗިލީގެ ސިފައިން ހާމަކޮށްފައިވެއެވެ. އަދި މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިސަރަހައްދަކީ އެކަހެރިކޮށް އޮންނަ ސަރަހައްދަކަށް ވިނަމަވެސް ކޮވިޑުން ރައްކާތެރިކަމުގެ ފިޔަ ވަޅެއްގެ ގޮތުން އެންޓާޓިކާ އަށްވެސް ފަތުރުވެރިން ދިއުން މަނާކޮށްފައިވާތާ އެތައް މަސްދުވަހެއް ވެފައިވާކަމަށް އެންޓާޓިކާގައި ހަރަކާތްތެރިވާ ޗިލީގެ ސިފައިން ހާމަކޮށްފައިވެއެވެ. އެގޮތުން އެންޓާޓިކާގައި ކޮވިޑް ފެތުރިފައިމިވަނީ، އެންޓާޓިކާއަށް ފަތުރުވެރިން އެތެރެވާ ސަރަހައްދުންކަމަށް ލަފާކޮށްފައިވެއެވެ.

އެންޓާޓިކާގައި ހަރަކާތްތެރިވާ ޗިލީގެ ސިފައިން ހާމަކޮށްފައިވާގޮތުން އެންޓާޓިކާގައި އެންމެ ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައިވަނީ މިމަހު މެދު ތެރޭގައެވެ. މިގޮތުން އެންމެ ފުރަތަމަ މިބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ ޗިލީގެ ދެ ސިފައިންގެ މީހުންނަށް ކަމަށްވެއެވެ.

މީގެ އިތުރުން މިދިޔަ ނޮވެމްބަރުމަހު 27 އާއި ޑިސެމްބަރު 10 ވަނަ ދުވަހާއި ދެމެދު އެންޓާޓިކާއަށް ދަތުރުކޮށްފައިވާ ޗިލީގެ ނޭވީ ޝިޕްތަކަށް ކޮރޯނާ ވަރިރަހުގެ އަސަރު ފޯރާފައިވާކަމަށްވެސްވެއެވެ. މިގޮތުން އެންޓާޓިކާއަށް ދަތުރުކޮށްފައިވާ 208 ކްރޫއިން ހިމެނޭ ޗިލީގެ ނޭވީ ޝިޕުން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން އެކަހެރިކޮށްފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން