އިނގިރޭސި ވިލާތުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާ ވައްތަރުގައި އިތުރު ނުރައްކާ ތެރިކަމެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފިއެވެ.
ޑަބްލިއު.އެޗް.އޯއިން މިހެން ބުނީ، ކޯވިޑް-19ގެ އަދާހަމަ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.
އެ ޖަމިއްޔާގެ ހެލްތް އިމަރގެންސީސް ޕްރޮގްރާމްގެ ޗީފް މައިކް ރަޔާން ބުނެފައިވަނީ ފެނިފައިވާ އާ ވައްތަރުގެ ކޮރޯނާވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުން ވަކި އިތުރު ވާނެކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. ރަޔާން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ފަރާތުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި ވައިރަސް ފެތުރޭ ދުވެލި އަވަސްކަން ފާހަގަކުރެވުނު ނަމަވެސް، މި ވައިރަހަކީ ހަމަ ކުރިއެކޭވެސް އެއްވަރަށް ނުރައްކަލުގެ ގޮތުން އެއްވަރު ވައިރަހެއް ކަމަށް އޭނާ ބުންޏެވެ. އަދި މި ވައިރަހުގެ ސަބަބުން ކުރިއަށްވުރެ ގިނައިން މީހުން މަރު ނުވާނެ ކަމަށްވެސް ބުންޏެވެ.
އެހެންނަމަވެސް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ގައުމުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ބޯޑަރު ބަންދުކޮށްފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިވައިރަހުގެ އެންމެ ބޮޑު ތަފާތަކީ ފަސޭހައިން ފެތުރުމެވެ. ވައިރަހުގެ ނުރައްކަލެއް ފާހަގައެއް ނުކުރެވެއެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން މިވައިރަހުގެ ސަބަބުން މީހުން މަރުވެފައެއް ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު