އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އާބާވަތާއެކު ބިރުވެރިކަމެއްްގެ ތެރެއަށް.
އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އާބާވަތާއެކު ބިރުވެރިކަމެއްްގެ ތެރެއަށް.
ވައިރަހެއް ފެތުރެމުންދާވަރަކަށް އެވައިރަހަށް އެކި ބަދަލުތައް އައިސް މިއުޓޭޓް ވުމަކީ އާންމުކަމެއްކަމަށް އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސަރވިސްގެ ޑޮކްޓަރެއްކަމަށްވާ ޑރ. އާމިރް ޚާން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އާބާވަތަކީ ކޮބައިކަން ތަފްސީލުކޮށްދެމުން ޑރ. އާމިރް ޚާން ބުނެފައިވަނީ ކޮންމެ ވައިރަހަކީވެސް ފެތުރެމުންދާވަރަކަށް އެކި ބަދަލްތައް އައިސް މިއުޓޭޓްވާނެ އެއްޗެކަމަށެވެ. އަދި ވައިރަސް މިއުޓޭޓްވެގެން އަންނައިރު ގިނަފަހަރަށް ވައިރަހަށް މާބޮޑުބަދަލުތަކެއް ނާންނާނެކަމަށާއި ނަމަވެސް ބައެއް ހާލަތްތަކުގައި މިފަދަ ބަދަލު ތަކުން ވައިރަސްވެސް އިތުރު ނުރައްކަލަކަށް ހުށައެޅިގެންދާ ފަހަރު އަންނަ ކަމަށްވެއެވެ.

ވައިރަސް ފެތުރެމުންދާވަރަކަށް މިއުޓޭޓް ވަމުންދާއިރު އެކި ވައިރަސްތައް މިއުޓޭޓް ވާ ރޭޓު ތަފާތުވެއެެވެ. މިގޮތުން ދުނިޔޭގައި ހަލުވިކަމާއެކީ ފެތުރެމުންދާ ކޮރޯނާވައިރަސް މަސްދުވަސް ތެރޭގައި އެއްފަހަރު ނޫނީ ދެފަހަރު މިއުޓޭޓް ވެ ވައިރަހަަށް އެކި ބަދަލްތައް އަންނަކަމަށް ޑރ. އާމިރް ޚާން ބުނެފައިވެއެވެ. މިހެންކަމުން މިހާތަނަށް ހާހެއްހާ މިއުޓޭޝަން ހިނގައި މި ވައިރަހަށް އެކި ބަދަލްތައް އައިސްފައިވާނެކަމަށް ޑރ. އާމިރް ޚާން ބުނެފައިވެއެވެ.

އަދި މިއިން އެއްވެސް މިއުޓޭޝަން އަކުން ކޮރޯނާ ވައިރަހަށް މާބޮޑެތި ބަދަލުތަކެއް އައިސްފައިނުވި ނަމަވެސް މިދިޔަ ދުވަސްތަކުގެތެރޭގައި އިނގިރޭސިވިލާތުން، މި ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓެއް ނުވަތަ އާވައްތަރެއް ފެނިފައިވާއިރު މިވޭރިއަންޓް އެކަނިވެސް އެތައްގުނައަކަށް މިއުޓޭޓް ވެފައިވެއެވެ. މިގޮތުން ކޮރޯނާ ވައިރަހުގެ މި އާވޭރިއަންޓް އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސެލްތަކަށް ވަނުމަށް ބޭނުންވާ ޕްރޮޓީން އަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށް ޑރ. އާމިރް ޚާން ވަނީ ހާމަކޮށްފައެވެ. މިއާއެކު މިވައިރަހުގެ ވޭރިއަންޓް އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސެލްތަކަށް ވަނުމަށް ފަސޭހަވެގެންދާކަމަށްވެސްވެއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓު ފެތުރޭ މިންވަރު 70 އިންސައްތަ އިތުރު ކަމަށް ޑރ. އާމިރް ޚާން ބުނެފައިވެއެވެ. ނަމަވެސް މީގެ ސަބަބުން ބަލިވާ މީހުންގެ ހާލަތު ގޯސްވުމާއި، ބަލީގެ އަލާމާތްތަކުގެ ގޮތުގައި ފެންނަ ކަންތައްތަކަށް ބަދަލެއް ނާދެއެވެ. މީގެ އިތުރުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ތައްޔާރުކުރެވިފައިވާ ވެކްސިން ބޭނުންކޮށްގެން ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓުން ރައްކާތެރި ނުވާނެކަމުގެ އެއްވެސް ހެއްކެއްވެސް އަދި ލިބިފައިނުވާކަމަށްވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން