އަލިފާނުގެ ޙާދިސާގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ޙަރަކާތްތެރި ވަނީ
އަލިފާނުގެ ޙާދިސާގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ޙަރަކާތްތެރި ވަނީ
ކ. ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޯވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ ތިލަފުށީ ވިލާ ޖެޓީ ސަރަހައްދުގައި އޮތް ދޯންޏެއްގައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށާއި، އަލިފާން ރޯވި ދޯނީގެ ވާ ކަނޑައިގެން ދިއުމުން އެ ދޯނި މިހާރު ފަޅުން ބޭރަށް އޮޔާދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހަވީރު 16:39 ގައި ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަނީ ފިހިފައެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. ދިވެހި މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ރޯވި އަލިފާން ސިފައިން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން