ޑރ. މޮންސެފް ސްލައުއީ
ޑރ. މޮންސެފް ސްލައުއީ
ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ފައިޒަރގެ ވެކްސިނުން އެލަރޖިކް ވާ މިންވަރު ހީކުރި ވަރަށް ވުރެއް ބޮޑުކަމަށް ޑރ. މޮންސެފް ސްލައުއީ ބުނެފިއެވެ.

އެމެރިކާއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް އުފައްދަވާފައިވާ އޮޕަރޭޝަން ވާރޕް ސްޕީޑްގެ ޗީފް ސައިންޓިފިކް އެޑްވައިޒަރ، ޑރ. މޮންސެފް ސްލައުއީ ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހާ ހަމައަށް އެކަނިވެސް 6 މީހުން މި ވެކްސިނަށް ވަރަށް ބޮޑަށް އެލަރޖިކް ވެފައިވާކަމަށެވެ. އަދި އެހެން ވެކްސިން ތަކާއި އަޅާ ބަލާފައި، މި ވެކްސިނުން އެލަރޖިކް ވާ މިންވަރު އިތުރު ކަމަށް ޑރ. މޮންސެފް ސްލައުއީ ބުނެފައިވެއެވެ.

މިއާއެކު، އާންމުކޮށްވެސް އެކި ކަންކަމާ ގުޅިގެން އެލާރޖިކް ވެ ބޮޑުވަރުވާ މީހުން ބޭނުން ކޮށްގެން މި ވެކްސިންގެ އިތުރު ތަހުލީލުތައް ހެދުމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރެވެމުންނެވެ. މިކަމާ ގުޅިގެން ވެކްސިން ތައްޔާރުކޮށްފައިވާ ކުންފުންޏާ އެކުވެސް މަޝްވަރާ ކުރެވެމުންދާކަމަށް ޑރ. މޮންސެފް ސްލައުއީ ބުނެފައިވެއެވެ.

"އިތުރު ތަހުލީލުތައް ހެދުމުން އެނގޭނެ ކިހިނެތް ވެގެން ކަން މިވެކްސިން ޖެހުމުން ބައެއް މީހުން އެލާރޖިކް ވަނީ" ޑރ. މޮންސެފް ސްލައުއީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް އިން ހާމަކޮށްފައިވަނީ ވެކްސިންގެ އިތުރު ތަހުލީލުތަކެއް ހެދުމަށް ތައްޔާރުވަމުން ދާކަމަށެވެ. އަދި ފައިޒަރގެ ވެކްސިންގެ އިތުރުން މޮޑާރނާގެ ވެކްސިނުން ވެސް އެލަރޖިކް ވުމާއި ގުޅޭގޮތުން އިތުރު ތަހުލީލުތައް ހެދޭނެކަމަށް ހާމަކޮށްފައިވެއެވެ.

އެމެރިކާގައި ފައިޒާރގެ ވެކްސިން ލިބުނު މީހުންގެ ތެރެއިން 6 މީހަކު މި ވެކްސިނަށް މިހާތަނަށް އެލަރޖިކް ވެފައިވާއިރު، މީގެ ތެރެއިން ދެ މީހަކު ވަރަށް ބޮޑުވަރުވެ އެނަފެލަކްޓިކް ޝޮކް އަށް ދިޔަކަމަށް ސިއްހީ ވުޒާރާތަކުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ބަސް ހުއްޓިފައި

27-Dec-2020

ނަމަނަމަ މައިމޫނާ އާއި ނަޒުލާ ކައިރީގައި ތިވާހަކަ ނުބުނައްޗެވެ. 2021 އެކީ ފުރަބަންދުކޮށްފާނެ، ކެވޭވަރެއް އެނގޭނީ ބިތުފަންގި ނެގީނަ



ޓްރެންޑިން