20 ދުވަސްވީ ތުއްތު ކުއްޖަކު ކޮވިޑް ޖެހިގެން މަރުވި ކަމަށްބުނެ އެތުއްތުކުއްޖާގެ ހަށިގަނޑު އަންދާލުމާއެކު ލަންކާގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ސްރީލަންކާގެ މުސްލިމު ދެމަފިރިން ކަމަށްވާ މުހައްމަދު ފަހީމް އަދި ފާތިމަތު ޝަފްނާގެ ފިރިހެން ދަރިފުޅު ޝެއިޚް އުފަންވީ މިދިޔަ ނޮވެމްބަރު މަހު 18 ވަނަ ދުވަހުއެވެ. ނަމަވެސް ޑިސެމްބަރު 7 ވަނަ ދުވަހު މި ތުއްތު ކުއްޖާ ނޭވާލާން އުނދަގޫވެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވެއެވެ. އަދި މި ތުއްތު ކުއްޖާއަށް ނިއުމޯނިޔާ ޖެހިފައިވާކަމަށް ޑޮކްޓަރުން ބުނި ކަމަށް، ނޫސްވެރިންނާ ވާހަކަ ދައްކަމުން މިކުއްޖާގެ އާއިލާއިން ހާމަކޮށްފައިވެއެވެ.
"ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައި ބުނީ ދަރިފުޅަށް ނިއުމޯނިޔާ ޖެހިފައޭ އަދި ހާލު ވަރަށް ދެރައޭ. ދެން ދަންވަރު އެންޓިޖެން ޓެސްޓެއް ހަދާފައި ބުނީ ދަރިފުޅު ކޮވިޑަށްވެސް ޕޮޒިޓިވްއޭ." ތުއްތުކުއްޖާގެ ބައްޕަ މުހައްމަދު ފަހީމް ބުންޏެވެ.
އެންޓިޖެން ޓެސްޓުން ތުއްތުކުއްޖާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، ތުއްތު ކުއްޖާގެ ބައްޕަ އާއި މަންމަ ހެދި ޕީސީއާރް ޓެސްޓުން ވަނީ ނެގަޓިވްވެފައެވެ. މިއާއެކު އެތަކެއް ސުވާލެއް އުފެދުނު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން މިކުއްޖާ އާއި އެންމެ ކައިރިން މަންމަ އާއި ބައްޕަ ނެގަޓިވް ވުމުން ޓެސްޓުތައް ހެދި ހޮސްޕިޓަލާއި ސުވާލު ކޮށްފައިވާނެ ކަމަށްވެސް އާއިލާއިން ހާމަކޮށްފައިވެއެވެ. އަދި މިކަން އިތުރަށް ޔަގީން ކުރުމަށް ތުއްތުކުއްޖާއަށް ޕީސީއާރް ޓެސްޓު ހަދައިދިނުމަށް އެދުމުން އިތުރަށް ހެދޭނެ ޓެސްޓެއް ނެތް ކަމަށް ބުނެ މިކުއްޖާގެ މަންމަ އާއި ބައްޕަ ކަމަށްވާ، ފަހީމް އަދި ޝަަފްނާ ވަނީ ހޮސްޕިޓަލުން ފޮނުވާލާފައެވެ.
ފަހީމް އަދި ޝަަފްނާގެ ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު، އެދެމަފިިރިން ހޮސްޕިޓަލުން ފޮނުވާލުމަށްފަހު، ޖެހިގެން އައި ދުވަހު ހޮސްޕިޓަލުން ގުޅާފައި ދަރިފުޅު މަރުވެފައިވާކަމަށް ބުނި ކަމަށް، އާއިލާއިން ހާމަކޮށްފައިވެއެވެ. މިއާއެކު ދަރިފުޅު އަންދާލުމަށް އުޒުރެއްް ނެތްކަމަށް ސޮއި ކުރުމަށް ހޮސްޕިޓަލަށް އަންނަން އެދުމުން ފަހީމް އަދި ޝަަފްނާ ދެކޮޅުހަދާފައިވެއެވެ. ނަމަވެސް ލަންކާގެ ގާނޫނުގައި ވާގޮތުން އަންދާލަން ޖެހޭކަމަށް ބުނެ މިތުއްތުކުއްޖާ އަންދާލީ ކަމަށް އާއިލާއިން ބުނެއެވެ.
"އަހަރެން ދިޔައިން ދަރިފުޅު އަންދާލުމަށް ހަމަޖެހުނު ސަހަރާއަށް، އަހަންނަކަށް ނުކެރުނު ދޮރާށިން އެތެރެއަށް ވަންނާކަށް، ކާކަށް ކެތްވާނީ އަމިއްލަދަރި އަންދާލާތަން ބަލަން." ތުއްތުކުއްޖާގެ ބައްޕަ މުހައްމަދު ފަހީމް ބުންޏެވެ.
މިހާދިސާއަށްފަހު އެކި ދީންތަކަށް ނިސްބަތްވާ އާންމުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، އިދިކޮޅު ސިޔާސީ ވެރިން ނުކުމެ ތުއްތުކުއްޖާ އަންދާލުމަށް ހަމަޖެހުނު ސަހަރާދޮށަށް އެއްވެ ސަހަރާގެ ދޮރާށީގައި ހުދުފޮތިކޮޅު އައްސާފައިވެއެވެ. އަދި މިހާދިސާއާއި ގުޅިގެން ގިނަބަޔަކު މީސްމީޑިޔާގައި ހިތްހަމަނުޖެހުމާއި ނުރުހުން ފާޅުކޮށްފައެވެ.
ކޮވިޑްގައި މަރުވާ މީހުން އަންދާލުމަކީ ލަންކާގެ ސަރުކާރުން ސީދާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ހަރަކާތެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މިފަދައިން ގިނަ ބޭރުގެ ފަރާތްތަކާއި، ލަންކާގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާއެކު، ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ވަނީ ކޮވިޑްގައި މަރުވާ މުސްލިމުން ވަޅުލުމަށް ބިމެއް ހޯދުމަށް ސްރީލަންކާގެ ސަރުކާރުގެ ވުޒާރާތަކުގައި އެދިވަޑައިގެންފައެވެ. އަދި މިމަސައްކަތް ލަސްވަމުން ދާތީކަމަށްބުނެ ކޮވިޑާއި ގުޅިގެން މަރުވާ މުސްލިމުންވެސް އަންދާތީ ގިނަބައެއް ނުރުހުން ލަންކާގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު