ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ޖެހުމަށް ބާރުއެޅުމަށް ޔޫރަޕުގައި ވެކްސިން ޖެހުމުގެ ކެމްޕޭނެއްް ފަށައިފިއެވެ.

މިއަދު މިފެށި ކެމްޕޭނާއެކު، ޔޫރަޕު ސަރަހައްދުގެ އާބާދީގެ 450 މިލިއަނެއްހާ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް އެސަރަހައްދުގެ ގައުމުތަކުން ވަނީ ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މި ވެކްސިންގެ ދެ ބިލިއަނެއްހާ ޑޯޒުގެ ޔަގީންކަން ވަނީ ޔޫރަޕުގެ ގައުމުތަކުން ހޯދާފައެވެ.

މިކެމްޕޭނާއެކު، ޗީފް އޮފް ޔޫރޮޕިއަން ޔޫނިއަން ކޮމިޝަން، އުރްސުލާ ވޮން ޑަރ ލެޔެން ވިދާޅުވެފައިވަނީ ނުރައްކާތެެރި ވައިރަހަކުން ސަލާމަތްވުމަށް ޔޫރަޕުގެ ހުރިހާ ގައުމުތަކުން އަތުގުޅާލާ އެއްބައިވަންތަކަން ދައްކުވައިދީފިކަމަށެވެ.

މިގޮތުން މިވެކްސިން ޖެހުމުގެ ކެމްޕޭނުގައި ޔޫރަޕުގެ ހުރިހާ ގައުމަކުން ބައިވެރިވާއިރު، ގިނަ ގަަމުތަކަކުން ވެކްސިން ދޭން ވެސް މިހާރު ވަނީ ފަށާފައެވެ.

މިކެމްޕޭނުގައި ދުވަސްވީ މީހުންނާއި، އިސްސަފުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭނެކަމަށްވެއެވެ. މިފަދަ ކެމްޕޭނެއްގެ ސަބަބުން އާންމުންގެ މެދުގައި ވެކްސިން ޖެހުމަށް ހިތްވަރެއް ލިބިގެން ދާނެކަމަށް ޔޫރަޕުގެ ގައުމުތަކުގެ ސިއްޙީ މާހިރުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން