ރާއްޖޭގައި ހާލުގައި އުޅޭ ބަންގްލަދޭޝް މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަނީ
ރާއްޖޭގައި ހާލުގައި އުޅޭ ބަންގްލަދޭޝް މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަނީ
ރޭ ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި "ރަސް އޮންލައިން" ގައި މަސައްކަތް ކުރާ ނޫސްވެރިއާ ކުރަން ފެށި ސުވާލު، ޖަވާބު ދެއްވަން އިންނެވި ޑރ. ނަޒުލާ ހުއްޓުވީ ނޫސްވެރިއާ ބޭނުން ކުރި ބަހެއްގެ ސަބަބުންނެވެ. އޭނާ ސުވާލު ފަށަމުން "ބަންގާޅީ" ނުވަތަ "ބަންގާޅު"، މި ލަފުޒު ބުނެ ރަނގަޅަށް ނުނިމި އުޅެނިކޮށް ޑރ. ނަޒުލާ އޭނާގެ ސުވާލުގެ ތެރެއަށް ވަދެވަޑައިގެން އެބަސް ބޭނުން ނުކުރެއްވުމަށް ވިދާޅުވެ ދެން ދެއްކެވީ އޭނާ ކުރަން އުޅުނު ސުވާލާ ނުވެސް ގުޅޭ ވަރަށް ޖަޒުބާތީ ވާހަކަ ތަކެކެވެ.

ޑރ. ނަޒުލާގެ އެޖަޒުބާތަށް ރާއްޖޭގެ ވަރަށް ފުންނާބުއުސް ބޭބޭފުޅުންގެ ތާއީދާ ތަރުހީބުވެސް ލިބުނެވެ. ބަންގްލަދޭޝްގެ ބޭފުޅާ ކައިވެނި ބައްލަވައިގެން އުޅުއްވާ "ޝާހީ" އާއިލާއެއްގެ ބޭފުޅަކުވެސް ނަޒުލާއަށް ތާއީދުކޮށް އޭނާގެ ޖަޒުބާތުތައް އޮއްސާލިއެވެ. ބިދޭސީންގެ މައްސަލައިގައި ފެއިލްވެވަޑައިގެންފައިވާ ވަޒީރުވެސް މިރޭ ނުކުންނެވީ އެތާކިހާ އަޅުއްވައިގެންނެވެ. އެބޭފުޅާއަކީ އެމަސައްކަތުގައި މުޅިން ފެއިލްވެ އިސްތިއުފާ ދެއްވަން ޖެހިފައިވާ ވަޒީރެކެވެ. އަޅުގަނޑުމެން އެވާހަކަ އެހެން ފަހަރަކުން ވަރަށް ސާފުކޮށް ލިޔެލާނަމެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މިހާރުގެ ހާލަތުގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަޅުގަނޑުމެން އިހުތިރާމު ކުރަމެވެ. އެބޭފުޅުންގެ މަސައްކަތް އަޅުގަނޑުމެން ވެސް ބަލައިގަންނަނީ ޝުކުރުވެރި ކަމާއި އެކުގައެވެ. ޝުކުރުން ފުރިގެންވާ ހިތަކާއިގެންނެވެ.

އެކަމަކު ރޭ އަޅުގަނޑުމެންގެ ނޫސްވެރިއާ "ބަންގާޅީން" ނުވަތަ "ބަންގާޅު"، މިބަސް ބޭނުން ކުރީ އެއްގޮތަކަށްވެސް އެމީހުން ދެރަކޮށްލައި ދަށްކޮށްލުމުގެ އެއްވެސް ނިޔަތެއް އޮވެގެނެއް ނޫނެވެ. އޭނާގެ ސުވާލަކީވެސް އެމީހުން ދަށްކޮލުމުގެ ނިޔަތުގައި ކުރި ސުވާލެއްވެސް ނޫނެވެ. އޭނާ ސުވާލު ކޮށްލަން ބޭނުންވީ ނުވަތަ އެސުވާލުގައި ބުނަނީ ދިވެހީންގެ ބައެއް މީހުން ދެކޭ ގޮތުގެ ވާހަކައެވެ. އެމީހުންނަށް ރާއްޖޭގައި ދިރިއުޅެން ޖެހިފައި އޮތް ދަތި ހާލުގެ ސަބަބުން ރާއްޖޭގައި ރޯގާ ބަލިމަޑުކަމެއް ފެތުރެން ފަށައިފިއްޔާ އެމީހުންގެ ތެރޭގައި އެބަލި ފެތުރިގަތުމުގެ ބިރު، ބައެއް ދިވެހީން ހާމަކުރަމުންދާ ވާހަކައާއި ގަވާޢިދާ ޚިލާފަށް އުޅޭ މީހުން އެމީހުންގެ ވަޒަނަށް އަނބުރާ ފޮނުވާ ނުލެވިގެން އުޅޭ ސަބަބެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

ނަމަވެސް މުޅި މަންޒަރު ބަދަލުވެގެން ދިޔައީ ނުވަތަ މުޅި ވާހަކަ އެނބުރިގެން ދިޔައީ އަޅުގަނޑުމެންނާއި ނުވެސް ގުޅުންހުރި ޖަޒުބާތީ ކަންތައްތަކެއްގެ މައްޗަށެވެ. އެކަމަކު މިއަދު އެމީހުން ތިބީ ކައިގެންތޯ ނުވަތަ ނޫންތޯ ބަލައިލި މީހަކުވެސް ތިޔަ ބުނާ އެޗްޕީއޭގައި އުޅޭނެ ހެނެއް ހިއެއް ނުވެއެވެ.

ދެންވީ ހަމަ އާންމުކޮށް މަބްރޫކްގެ ނޫސްކޮންފަރެންސްތައް ނިންމާލުމާއެކު ބައެއް ރޭރޭ ވަމުންދާ ގޮތަށެވެ. ޓްވިޓަރ އާއި ފޭސްބުކް ވެސް ކެކި އެރީއެވެ. ރާއްޖޭގައި އުޅޭ ކަމަށް ބުނާ ވަރަށް ފުންނާބުއުސް ވަރަށް މޮޅެތި ނޫސްވެރިން ވެސް ވަރަށް ރުޅިގަދަގެން އެމީހުންގެ ޝުޢޫރުތަކާ ޖަޒުބާތުތައް ބަންޑުން ކޮށްލީ މީހެއްގެ ގަދަރަކަށް ކަރާމާތަކަށް އެއްވެސް ބަލައި ލުމެއް ނެތިއެވެ. ހަމަ އެންމެ މޮޅީ ތިމާ ކަމުގައި ދެކިގެންނެވެ. އެހެން މީހުންނަކީ އެއްވެސް ބައެއް ނޫން ކަމަށް އެމީހުން އެދެކޭ ދެކުމުންނެވެ.

އެއްބައެއްގެ މައްސަލައަކަށްވީ ފިލްމު ކުޅޭ މީހަކު ނޫސްވެރިއެއްގެ ގޮތުގައި ނުކުމެގެންނެވެ. އަނެއް ބަޔަކު ފާޑުކިޔާފައިވަނީ އޭނާ "ބަންގާޅީން" ނޭ ބުނެގެންނެވެ. ވަރަށް ފުންނާބުއުސް ނޫސްވެރިން ލަދުން ގޮތެއް ނެތެވެ. ފިލްމްކުލޭ މީހަކު ނޫސްވެރިއަކަށް ވީމައެވެ. އެމީހުންނަށް މިކަން ވީ ނޫސްވެރިންގެ އަގުވެއްޓުމަކަށެވެ.

ދިވެހި ބަހުގެ ރަދީފުގައި "ބަންގާޅީން" ނަކީ ހަމަ އޮންނަ ރީތި ބަހެކެވެ. ދިވެހި ނަމެކެވެ. ތިޔަ ކިޔާ މޮޅެތި ނޫސްވެރިންގެ ލިޔުންތަކުގައި އެ ބަސް ބޭނުން ކޮށްފައި ވެސް އެބަހުއްޓެވެ. "ބަންގާޅު" މީހުން "ބަންގާޅުޓީމު"، މިއީ ހަމަ ނޫސްވެރިއާއަށް ފާޑުވިދާޅުވެފައި ހުރި ނޫސްތަކުގައި ލިޔެފައި ހުރި ބަސްތަކެވެ. މުޚާޠަބު ކޮށްފައި ހުރި ގޮތްތަކެވެ.

ދެން އޮތީ ފިލްމީ ތަރިއަކު ނޫސްވެރިއެއްގެ ގޮތުގައި ފެނުނީމާ އެމީހުންނަށް ކަޑަ ކަމަކަށްވި މައްސަލައެވެ. އެމީހުންގެ ޝަކުވާ އަކީ އެބުނާ ޕްރޮފެޝަނަލް ނޫސްވެރިއަކަށް ނުވާ މައްސަލައެވެ. އެމީހުން ގަބޫލުކުރާ އެވިދާޅުވާ "މެއިން ސްޓްރީމް" މީޑިއާ އަކަށް ނުވީމައެވެ. އެބުނާ މެއިން ސްޓްރީމް މީޑިޔާގެ ނޫސްވެރިއަކަށް ނުވީމައެވެ.

މަބްރޫކް ރެއާއި ދުވާލު އެބާއްވަމުން ގެންދަވާ ނޫސްކޮންފަރެންސް ތަކުގައި އެތިއްބަވަނީ ތިޔަ ވިދާޅުވާ ޕްރޮފެޝަނަލް ނޫސްވެރިން ތޯއެވެ؟ ތިޔަ ވިދާޅުވާ ޕްރޮފެޝަނަލް ނޫސްވެރިން ދެއިރު ދެދަޅައަށް މަބްރޫކާ ކުރައްވާތަން ފެންނަނީ އަބަދުވެސް ވެންޓިލޭޓަރެއްގެ ވާހަކައެވެ. އެކަކަށް ކިޔައިދީ ނުނިމި އުޅެނިކޮށް އަނެއްކާ ވެސް ހަމަ އެސުވާލެވެ. ދެން އަނެކަކު އަރާ އަލިފުލައިލާ ވާހަކަ ކިޔާ، ވާހަކަ ފެށުނު ތަނެއް ނިމޭ ތަނެއް ނޭނގޭ ހިސާބަށް ގޮސް އަޑުއަހާން ތިބޭ މީހުން ނިދިތާއްޔާ ޖެހޭވަރަށް ދާއިރުވެސް ސުވާލު ނުނިމޭ ނޫސްވެރިން ވެސް ހަމަ ބަރާބަރެވެ.

ނޫސްވެރިއަކު ނޫސްވެރިއަކަށް ވަނީ އަތުގައި ކޮން ކަހަލަ ފާހެއް ކޮންފަދަ ލިޔުމެއް އޮވެގެން ހެއްޔެވެ؟ ކިހާ ލިއުމެއް ލިއެގެން ހެއްޔެވެ؟ ނޫސްވެރިން އެކްރެޑިޓް ކުރަނީ ކޮންތާކުން ހެއްޔެވެ؟ ކޮން އިރަކު ކުރަން ފެށި ކަމެއް ހެއްޔެވެ؟ ފިލްމް ކުޅެ ފިލްމް އުފައްދާ މީހެއްގެ އަތުގައި ވިއްޔާ ތިޔަ ބުނާ ފެންވަރުގެ ފާހެއް ނޯންނާނެކަން ޔަގީންވަނީ ހެއްޔެވެ؟ ނޫނީ އޮންނަން ނުޖެހޭނީ ހެއްޔެވެ؟

ދެން ވިދާޅުވެ ބައްލަވާށެވެ. ފިލްމް ކުޅޭ މީހަކަށް ނޫސްވެރިއަކަށް ނުވެވޭނެޔޭ އޮތީ ދުނިޔޭގެ ކޮން ފޮތެއްގައި ހެއްޔެވެ؟ ރާއްޖޭގެ އެބުނާ ޕްރޯ ނޫސްވެރިންނަށް ކަންބޮޑުވީ ފިލްމް ކުޅޭ މީހަކު ނޫސްވެރިއަކަށް ވީމައެވެ. އެއްދުވަހު "ވެބްކެމް ކުރިމަތީގައި ފިލްމް" ކުޅެލާފައި އައިސް ނޫސްވެރިއަކަށް ވިޔަސް ހަމަ އޯކޭއެވެ. އެބުނާ ނޫސްވެރިއާ އެއްދުވަހަކު ސިޔާސީ ޕޯޑިއަމަށް އަރާ، ދެއިރު ދެދަޅައަށް ތޮފި ބަދަލުކޮށްގެން ނޫސްވެރިއެއްގެ ގޮތުގައި އުޅުމަކީ މައްސަލައެއްނޫނެވެ. މިހިރީ ދައްކާލަން ވެއްޖެއްޔާ ވަރަށް ސަޅިކޮށް ދެއްކޭނެ ވާހަކައެވެ. އެކަމަކު އަޅުގަނޑުމެން މިވާހަކައެއް ނުދައްކާނަމެވެ.

އަޅުގަނޑުމެން ޖަޒުބާތެއް ނުވާނަމެވެ. ޖަޒުބާތަކު ނުޖެހޭނަމެވެ. އަޅުގަނޑުމެން ދާނީ ކުރިއަށެވެ. ތިޔަހެން ކޮށްލާ ޓްވީޓަކުން ލިޔެލާ ވާހަކައަކުން އަޅުގަނޑުމެން ނުހުއްޓުވޭނެއެވެ. އުމުރުން ހަގު ވުމަކީ އަދި ނޫހެއްގެ ފެންވަރު އަޅާ ކިޔޭނެ ކަމެއް ނޫންކަން ދައްކައިދޭނަމެވެ. މިހާރު ވެސް އޮންނާނީ ދައްކައި ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

އަަޖާއިބު

27-Apr-2020

އަޖައިބުވެ އަންތަރީސްވެއްޖެ ދެން ކީކޭތިކިޔަނީ ތިބުނީ ހެއްދެވި ފަރާތަށޭ އިނގޭނީ އަދި ބަންގާޅީން އޭކީ މީހާއަށޭ. ޢަޑުހަން ތިބި ބަޔަކަށް އެނގުނީސް އޭނަ ސުވާލުކޮށް ނިމެންދެން ޑރ ހަޖަމުކޮށްގެން ހުރިނަމަ. އޭނާ ގޮވީކީ އައުގުރާނެއް ނޫން. ނުބައި ބަހެއްވެސް އޭތި ބޮޑުކުރީ ޑރ ހަމަ މީގަބުނާހެން މާބޮޑަށްވެސް ޖަޒުބާތުގައި ޖެހިފައި ހުރުމުން. ސުވާލު ފެށިގޮތަށް ނިމެންދެން ހުރި ނަމަ އެނގުނީސް އޭނަ ބޭނުން ކުރީ ނުބައި ނިޔަތެއްގައި ނޫންކަން . އެއީ މީގަ ބުނެފައިވެސް އެއޮތީ ބަންގާޅީންގެ ކޮންސާން އަކާ ގުޅޭގޮތުންނޭ އެސުވާލު ކުރީ . ޢެކަމަކު ޖަޒުބާތުވެ ހުރެ ޒާތެއްގެ ވާހަކަތަކެއް ޑރ ދެއްކީމާ ނޫސްވެރިޔާގެވެސް އޮންނާނެ ދޯ އަބުރެއް . ޙަމަގައިމުވެސް މަށަށް ބުނެވޭނީ އެކަތިލެވުނީ ހަމަ ނޫސްވެރިޔާގެ އަބުރު.


18

އަަޖާއިބު

26-Apr-2020

އަޖައިބުވެ އަންތަރީސްވެއްޖެ ދެން ކީކޭތިކިޔަނީ ތިބުނީ ހެއްދެވި ފަރާތަށޭ އިނގޭނީ އަދި ބަންގާޅީން އޭކީ މީހާއަށޭ. ޢަޑުހަން ތިބި ބަޔަކަށް އެނގުނީސް އޭނަ ސުވާލުކޮށް ނިމެންދެން ޑރ ހަޖަމުކޮށްގެން ހުރިނަމަ. އޭނާ ގޮވީކީ އައުގުރާނެއް ނޫން. ނުބައި ބަހެއްވެސް އޭތި ބޮޑުކުރީ ޑރ ހަމަ މީގަބުނާހެން މާބޮޑަށްވެސް ޖަޒުބާތުގައި ޖެހިފައި ހުރުމުން. ސުވާލު ފެށިގޮތަށް ނިމެންދެން ހުރި ނަމަ އެނގުނީސް އޭނަ ބޭނުން ކުރީ ނުބައި ނިޔަތެއްގައި ނޫންކަން . އެއީ މީގަ ބުނެފައިވެސް އެއޮތީ ބަންގާޅީންގެ ކޮންސާން އަކާ ގުޅޭގޮތުންނޭ އެސުވާލު ކުރީ . ޢެކަމަކު ޖަޒުބާތުވެ ހުރެ ޒާތެއްގެ ވާހަކަތަކެއް ޑރ ދެއްކީމާ ނޫސްވެރިޔާގެވެސް އޮންނާނެ ދޯ އަބުރެއް . ޙަމަގައިމުވެސް މަށަށް ބުނެވޭނީ އެކަތިލެވުނީ ހަމަ ނޫސްވެރިޔާގެ އަބުރު.


-3

ަމާފް

21-Apr-2020

އެގޮތަށް ނޫސްވެރިޔާ ސުވާލު ރަނގަޅަށް ފަށައިނުގަނެވެނީސް އިޙްތިރާމްކުޑަކޮށް ނޫސްވެރިޔާ ހުއްޓުވައި ވާހަކަ ދެއްކުމުން ނޫސްވެރިޔާގެ ފަރާތުން އެއްވެސް ގޯސް އަމަލެއް ފެނުނީކީ ނޫން. ޭ ދެން މިތާނގަ ނޫސްވެރިޔާ މާފަށް އެދެންޖެހޭ ސަބަބެއް އޮތް ކަމަކަށް ނުދެކެން.


-15

ނަޖްވާ

21-Apr-2020

ބަލަގަ ދިވެހި ބަހުގަ އޮވޭ ރާއްޖެތެރެވެސް, ނުކުޅެދޭ މީހުންވެސް, އެކަމަކު މީކީ މިހާރު ބޭނުން ކުރަން ނުވަތަ ޕޮލިޓިކަލީ ކަރެކްޓް ލަފްޒް ތަކެއް ނޫން! އޭގެ ބަދަލުގައި ބޭނުން ކުރަނީ އަތޮޅުތެރެ ނޫނީ ޖިސްމާނީ ނޫނީ ނަފްސާނީ އެހީ އަށް ބޭނުންވާ މީހުން މި ގޮތަށް! ތަރޑް ވޯލްޑް ވެސް އިނގިރޭސިބަހުގަ ބޭނުމެއް ނުކުރޭ މިހާރު, ބޭނުން ކުރަނީ ޑިވެލޮޕިންގ ވޯލްޑް މި ގޮތަށް!


12

އަޒޫ

21-Apr-2020

ޢެކި މީހުންގެ ވިސްނުމާ ހިޔާލުވެސް ތަފާތު ވާނެ..ޢާންމުކޮށް ދިވެހިން އެމީހުނަށް ކިޔަނީ ބަންގާޅީން..އެހެން ވީމަ އެކަމާ ވިސްނާ ނުލެވި ނޫސް ވެރިޔާ އަށް ވެސް އެހެން ބުނެވުނީ ކަމުގަ ލަފާ ކުރެވެނީ...ދެން ޑޮކްޓަރ ނަޒުލާ ވެސް ކަންތައް ކުރީ ރަނގަޅަކަށް ނޫން.. ނޫސް ވެރިޔާ ވާހަކަ ދައްކަ ދައްކާ އޮށްވާ ހުއްޓުވާފަ..ކެމެރާއެއް ކުރިމަތީ އެންމެން ބަލަން ތިއްބާ..މީ ޖަޒުބާތުގަ ޖެހިގެން ޕްރޮފެޝަނަލް މީހުން ކުރާ ކަންތަކެއް ނޫން..ވަރަށް ހަޑިކަމެއް ..ނޫސްވެރިޔާ ސުވާލުކޮށް ނިމުނީމަ ޖަވާބު ދީފަ އިހްތިރާމް އާ އެކު ވާހަކަ ދައްކަން ނޫސްވެރިންނަށް ނަސޭހަތްތެރި ވެވިދާނެ.. މަބްރޫކުގެ ވާހަކަ ދެއްކުމުގެ ސްޓައިލް ނަމޫނާ އަކަށް ބަލާ..ނަޒްލާމެން މި ވިދާޅުވަނީ ވަކި މީހަކު ހާމަކޮށް ފޮޓޯ ނުޖަހާށޭ..އެމީހުންގެ އަބުރު ކަތިލެވެނިއްޔޭ...ނަޒްލާ އެގޮތަށް ކަންތައް ކުރެއްވީމަ ނޫސްވެރިޔާގެ އަބުރާ ގަދަރު އުފުލެނީބާ..އެކަކު ރަނގަޅުވާން އަނެކަކު ލަދުގަންނަވާ ފަލީހަތް ކޮށްލަން ވީކީ ނޫން.


-6

ފާތިމާ

21-Apr-2020

ފޭކު ވާހަކަ ނުދައްކާ ހަމަ ދައްކޮއްލަން އެހެން ބުނީ


1

ބަގަލާމަތިމަސް

21-Apr-2020

ދިވެހި ރަދީފުގަވެސް އޮވޭ ބަންގާޅީން އެއީ ބަގަލާ މީހުންނަށް ކިޔާއެއްޗެއް ކަމަށް މައްސަލއަކީ ނަޒުލާއަށް ދިވެހި ބަހުގެ މައުލޫމާތު ނޭނގި އިނދެ ރުންކުރު ޖަވާބެއް ދެވުނީ


3

އަަޖާއިބު

21-Apr-2020

ބަންގާޅު ޓެސްޓްކިޓުގެ ވާހަކައަށް މަ ތާއީދު. ޢެކަމަނާ މާބޮޑަށް ބަންގާޅީންނަށް ނުވަތަ ބިދޭސީންގެ ޛަޒުބާތުގައ ހުންނަވައި ސުވާލު ނުކުރެވެނީސް ހުއްޓުވާ ވާހަކަ ދެއްކެވިއިރު އަދަބު އިޙްތިރާމެއް ނެތް. ޢެންމެ ރަގަނޅު ސުވާލު ނިމެންދެން ހުންނަވައި ޖަވާބު ދެއްވާއިރު އެކަމަށް އިޝާރާތް ކުރައްވަން.


-12

ޞުފުރީ

21-Apr-2020

ރާސް ނޫސްވެރިކަމަށް އަދި ނިކުންނާން ގާތްވެސްނުވެއެވެ. ރޭގަ ދިމާވިގޮތުން މިތާ ވަރަށް އަބުއި އަދި ނޫންގޮތަކަށް ތިލިއުނީ މުޅިން ހިތާއި ފިތުން މޮހެ އެއްލާލި ފިތުނަފަސާދައެވެ. ނޫސްވެރިންނަށް ދިވެހިބަސްފޮތުގަ ހުރި އަވަގުރާނައަށްދާންދެކަށް ކިއިދާނެތޯއެވެ. ޢަނެއްސުވާލަކީ މިރޭ ބަންގުން ގެނައި ސާމާނާއި ވަސޒިލަތަށް ޝުކުރު އަދާކުރާއިރު ބަންގާޅަށް ޝުކުރިއްޔާ ބުނެވިދާނެތީއެވެ.


-3

ފަހުމް

21-Apr-2020

މަގޭހިތަށް އަރާ އާސިފަށް އައުގުރާނަ ކިހިނެތްބާއޭ ތިވަކިކުރަނީ. ބަންގާޅީ އޭ ބުނުމުން އެއީ އައުގުރާނަ ގޮވީ ކަމަކަށް ނުވާނެ ދޯ


12

ތަމެން މަމެން

21-Apr-2020

މަތަމަވާ އަނގައިން ވެސްނުބުނާނަން


4

ޙަަޒު

21-Apr-2020

ހަޖަމުކުރަން ނެއެގޭކުދިން ނޫސްވެރިކަމާ ދުރުވުން ބުއްދިވެރި


13

ހަސަން

21-Apr-2020

ނޫސްވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ މިހާރު ސަރުކާރުން ބޭނުންކުރަނީ ބިދޭސީންކަން.


-9

އާސިފު

21-Apr-2020

ދިވެހި ބަހުގަ ހުރޭ އައުގުރާނަވެސް. އެހެނޭ ކިޔާފަ ހަމަ ގޮަވަންވާނެތޯ? ކޮންމެ ދަނޑިވަޅަކަށް ކޮންމެ މުނާސަބަކަށް ކޮންމެ ބަހެއް ނުވެއް ގުޅޭނެ. މި އާޓިކަލުން ފެނިގެން މިދިޔައީ ކުއް ރަނގަޅު ކޮށްލަން ކަމެއްގެ ވާހަކަ ބުނީމަ އަނެކާ ގޯސްކޮއްފަ ޖަވާބު ދިންކަން. އެއީ އަނެއްކާވެސް ގޯސް ގޮތެއް


-4

ފާތުމަތު

21-Apr-2020

ސަޅި އާޓިކަލެއް. ބަންގާޅީންގެ މާނައަކީ ރަދީފް ބުނާގޮތުން ބަންގްޅަދޭޝް މީހުން. ވީއިރު މީހަކު ސައިޒުކުރާ ވަރުގެ ނޫނީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫސްވެރިޔާގެ ވާހަކައިން ފާހަގައެއް ނުކުރެވޭ. މިއަށްވުރެ މާހުތުރުކޮށް މީހުންގެ އަބުރުކަތިލަމުން ދުވާ ނޫސްވެރިންވެސް އެބަތިބި ދޯ.


14

ޖަޒުބާތު

21-Apr-2020

ބަސް ހަމަ އޯކޭ..... ބަސް ބޭނުން ކުރެވުނު ތަން/ ޙާލަތު ސަކަރާތީ.... ލާން ވިތް އެކްސްޕީރިއަންސް.....


15

ހނ

21-Apr-2020

ފަޅާގެން ތާ މިދިޔައީ


9

ދައުލަތް

21-Apr-2020

އެއީ ހުތުރު ބަހެއްނޫން،ބަންގާޅީ,ބެނަގާލީ މިހެން މުހާތަބު ކުރަނީ ބަނގުލަދޭސް މީހުންނަށާއި ބެންގާލް މީހުނަށް. މިސާލަކަށް މޯލްޑިވްސް, މޯލްލްޑިވިއަން , އެމެރިކާ އެމެރިކަން, އިންޑިއާ އިންޑިއަން, ބަނގުލަދޭސް ބަންގާލީ, ބުރިޓަން ބުރިޓިޝް. އެބަތިބި ކާނެ އެއްޗެއްނެތް އެތަށް އެތަށް ބޭރުމީހުނެއް ތިވަރު ހެޔޮ އެދެނއޔާ އިންސާނިއްޔަތުކަން ހުރިއްޔާ އެފަކީރުން ހޯދައިގެން ކާއެއްޗެއް ދިއްކޮށްލަބަލަ.


18

ޢީސާ

21-Apr-2020

މުޅި ލިޔުން ކިޔާލުމުން ލިޔުންތެރިޔާ ޖަޒުބާތުގައި ޖެހިފައިވާ މިންވަރު ހާމަވެގެން ހިނގައްޖެ!! ދެން ކޮންމެހެން ނިންމާލަމުން ޖަޒްބާތޭ ފަޅޮލޭ ކިޔާނެ ކަމެއް ނެތް! "ބަންގާޅު", "ބަންގުލަދޭޝް" ބޭނުން ކުރަންޖެހޭ ރަނގަޅު ބަހަކީ ކޮބައިކަމެއް ނޭނގުނަސް މިދަފަ ލިޔުންތަކަކީ ނޫސްވެރިކަން ނޫންކަން ބުނަންއެނގެއެވެ!! ޒިންމާދާރު ނޫސްވެރިންނަކީ ހަސަދައިގެ ހުޅު ރޯ ކުރަމުން ހުރިހާ ކަމެއްގައި އަމިއްލަ ނަފްސް ރަނގަޅު ކުރުމެއް ނޫނެވެ!


-3

ބަންގާޅީ ޓެސްޓްކިޓް

21-Apr-2020

ނަޒުލާ ބުނި އެއްޗެއް ބުނީ ނަޒުލާގެ ފާޓުފުޅާ ކަމުންނެވެ އެދެން އެބައިމަިހުންނަށް ރާއްޖޭގެ އެންމެން ކިޔަނީ ބަންގާޅިންނެވެ ބަންގާޅިންނޭ ބުނީމަ ހަމަ ނޭނގޭ އެއްވެސް މީހަކަު ނުހުރެއެވެ ޟިރާއްޖޭގަ އެންމެންވެސް އެމަިހުންނަށް ކިޔަނީ ބަންގާޅިންނެވެ އޭގެ ގޮލަޔަކު ނޫޅޭ ގެއެއް މަދުވާނެއެވެ ރިޕޯރޓަރ ކުރެއްވި ސުވާލުގަ ޢެއްވެސް މައްސަލައެއް ނެތެވެ މައްސަލައަކީ ސުވާލު ފުރިހަމަ ކުރަން ފުރުޞަތުވެސް ނުދީ ހޯހޯ އޭ ކިޔާ އަދަބު އަޚްލާޤް ނުހިފެހެއްޓުމެވެ


0

މޮޅު މީހާ

21-Apr-2020

އެއްވެސް ތާކުން ތާކު ޖެހޭ ލިޔުމެއް ނޫން, ނޫސްވެރި ކަމަށް ހުތުރު! މިޔައް ކިޔަނީ ފިތުނަ ފަސާދަ އުފެއްދުން! މާ ރަނގަޅު ވާނެ އެފްބީ ޕޭޖެއް ހިންގިޔަސް! ަ އޭރުން ތިކަހަލަ ވާންޗޯ ލިޔުމާ ސުވާލު ހަމަ ކުރަން ވީ! މި ބަގަ ގައުމު ފަސާދަ ކޮއްފި!


17

ފަހުމް

21-Apr-2020

ޢަހަނަށްވެސް ގަބޫލުރެވޭ ބަންގާޅީންނަކީ އެކަށޭ ބަހެއް ނަުންކަން . ޢެހެން ނަމަވެސް އެއީ ކުއްބަހެއް ވެސް ނޫން. ދެން އެތަނުގައި ފަހުން ސުވާލު ފަށަމުން މާފަށްއެދެން ނޭނގުނީ އެވަގުތު ޑރ. ވެސް އޭނަ ހުއްޓުވައި ދެއްކެވި ވާހަކައިގެ ޓޯން ހުރި ގޮތުން ކަމަށް ބެލެވޭ. ސުވާލުކުރިމީހާވެސް އަސްލު ޑިސެޕޮއިންޓްވާނެ!


-8

ފަހުމް

21-Apr-2020

ތެދެއް މަމަޮޅޭ ތިޔަބުނީ ޑރ. ނަޒުލާ އެއަށް އެޓެންޑްކުރީވެސް ރޫޑްކޮށް ޭ އެކަން އިނގޭނެ އެކަމަނާ ވާހަކަދެއްވި ރާގުން. އެހެންވެ މިތަނުގައި މިވެތިން ޖަޒުބާތޭ މިިކިޔަނީ. މަގޭ ހިތަށް ރޭގަ ޕްރެސްގަ ޑރ. ޏަޒްލާ ނޫން އެހެންމީހެއް ހުރިނަމަވެސް އެކަން އެހެން ވެދާނެތޯ.


23

މަމޮޅޭ

21-Apr-2020

ނަޒްލާ ފުރުސަތުގެ ބޭނުންހިފާލީ ވަރަށް ރަނގަޅަށް. ހަތަރު މަންނައިން ޑިގެއް ޖަހާލީ. ގައިމު ސުވާލު ފުރިހަމަކޮށްލަންދެން މަޑުކުރިނަމަ.. ނުވަތަ ރީތިކޮށް ބެނެލަދިންނަމަ.... ޢެކަމް ވަރަށް ރޫޑް ނަޒްލާ ބުނިގޮތްވެސް


16

ޢަބޫ

21-Apr-2020

ބަލަ ނޫސްވެރިން ކީއްތަ ވާނީ ކޮންމެދުވަހަކު ބޭއްވޭ ހުރިހާ ޕްރެސް ތައް ރަނގަޅަށް އަޑު އެހިއްޔާ. ޑަތުރު ފަތުރަކީ އެހާ ފަސޭހަކަމެއް ނޫންކަން އެބަ އިންގޭ. ޢެތައް ބައިވަރު ދިވެހީންނެއް ނާދެވިގެން އެބައުޅޭ. ޢެތައްބައިވަރު ބިދޭސީންނެއް ދާން ރެގިސްޓާވެގެން އެބައުޅޭ. ޑަތުރުގެ ކަންކަން ހަމަ ޖެހޭއިރަށް ޕްރެސްގަ އެވާހަކަ އެބަދައްކާ. ޢެކަމަކު ނޫސްވެރިން ކޮންމެދުވަހަކު އެއްސުވާލު ތަކުރާރު ކުރަންވީ ސަބަބެއް ނުވިސްނޭ.


-10

ާއަބްރަހަމް

21-Apr-2020

އަނެއްކާވެސް ދޮގެއް ޝާހީ އާއިލާގެ ވާހަކައެއް ނުދައްކާ


9

ރަސް އައިން

21-Apr-2020

ނޫސް ނިންމާލާފަ އޮތް ގޮތުން ވެސް ނޫހުގެ ފެންވަރު އެނގިއްޖެ.


25

ފަށަލަ

21-Apr-2020

އޯ އައި ލަވް ދިސް ވަން. އަލިފާން ލިޔުމެއް އިނގޭ.


9

ޙަސަނު

20-Apr-2020

ކޮންމެ މީހަކު ކޮންމެ އެެއްޗެކޭ ބުންޏަސް ގޯސް ހެދިފައި އޮތީ ހަމަ އަސް އޮންލައިންގެ "ޖާނަލިސްޓް" އަށް. އޭނަގެ ކުށް ފޮރުވަން އެޗްޕީއޭ ނުވަތަ އެހެނިހެން ނޫސްވެރިންނަށް އެއްޗެހި ގޮވާނެ ކަމެއް ނެތް. ރަނގަޅު ނޫސްވެރިއެއްގެ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުވެސް ހުންނަންޖެހޭ. އެގޮތަށް ގައުމުގެ އެންމެން އަޑުއަހާ ޕްރެސް ކޮންފަރެންސެއްގައި ބަސްތައް ގެންގުޅެންޖެހޭ ގޮތްތަކެއް އޮވޭ! ރާއްޖޭގެ މައްސަލައަކީ މިގޮތަށް ވާނުވާ ނޭނގޭ ނޫސްތަކާއި ޖާނަލިސްޓުން އުޅުން!


-1

އިނާނު

20-Apr-2020

މިއަކީ ނޫސްވެރިކަމެއް ނޫން. މިއީ ގޮތްދޫނުކުރާ ފެންވަރު ދަށް މީހެއްގެ ށަކުވާ ތަކެއް. ރާއްޖޭގެ ހުރިހާ ނޫސްވެރިންގެ އަގު ވެއްޓެނީ މިފަދަ މީހުންގެ ސަބަބުން. ރަނގަޅު ނަސޭހަތެއްލިބުމުން އަޑުއަހާނީ, ދެފައިތަޅައި ބޮޑާހާކާނީއެއްނޫން.


10

ޢަލިބެ

20-Apr-2020

ސަޓަޕް


2

ހަސްބީ

20-Apr-2020

ވ ރަނަގަޅު ވާހަކައެއް ބަނގާޅުން,ތަމަޅައިން, ސިންގަޅައިން,ދިވެހިން, މީލަދުގަންޖިހޭ ނުވަތަ ބަޔަކައް ރައްދުވާ ބަދުބަހެއްނޫން އިންޑިޔާމިހުން ދިވެހިންނައް ކިޔާއުޅެނީ މާލީޕީޕަލް ހަމަ އޯކޭ ދެރައީ އެމީހުނައް މިއަދުމުހިއްމީ ނަމެއްނުން އޯގަތެ ރެދިކަމާ އެކު ބަންޑުފުރާނަމުއްތި ކުރުން


3

ހުސޭނުބޭ

20-Apr-2020

ބަހަކީ ބަފަލުވަމުން އަންނަ އެއްޗެއް. ދިވެހި ބަހުގަވެސް ނުވަތަ އިނގިރޭސި ބަސް ނޫނީ އެހެން ބަހެއް ވިޔަސް ބަލާލާފިތްޔާމުން ފެންނާނެ ބައެއް ބަސްތައް ބޭނުން ކުރެވޭ މާނަ އާއި ގޮތް ބަދަލުވާ ތަން. އަދި ބައެއް ބަސްބަސް ބުނާ ރާގުން ވެސް ނެގޭ މާނަ ބަދަލުވާތަން ފެނޭ. މި އާޓިކަލް ކިޔާލުމުން ވެސް އެބަސް ތިބޭފުޅުން މާނަ ކުރާ ގޮތް އަންދާޖާ ކޮށްލެވޭ.


-1

ޞައްދާމު

21-Apr-2020

އެންމެ ރަނގަޅު ލިއުން ތެރީންނަކީ ކުށް ގަބޫލުކޮށް, މާފަށް އެދޭ މީހުން. މިހާރު ތިޔަ ލިޔުނު ލިއުމުން ރަސް އަކީ ޒާތީ ނޫހެއް ކަމަށް ޤަބޫލު ކުރެވޭ! ޝާހީ ޢާއިލާ އިން ޓްވީޓް ކޮށްފަ އެއޮތީ ދިވެއްސެއްގެ އަންބެކެވެ.


13

20-Apr-2020

އެންމެ ރަނގަޅު ލިއުން ތެރީންނަކީ ކުށް ގަބޫލުކޮށް, މާފަށް އެދޭ މީހުން. މިހާރު ތިޔަ ލިޔުނު ލިއުމުން ރަސް އަކީ ޒާތީ ނޫހެއް ކަމަށް ޤަބޫލު ކުރެވޭ! ޝާހީ ޢާއިލާ އިން ޓްވީޓް ކޮށްފަ އެއޮތީ ދިވެއްސެއްގެ އަންބެކެވެ.


14

ދެން

20-Apr-2020

އެހެންވީމަ އަހަރެމެންނަށް ދިމާލަށް ދިވެހީންނޭ ވެސް ނުކިޔާތި އަދި މާލްދީފިއްޔާއޭވެސް މޯލްޑިވިއަންއޭ ކިޔަން ޖެހޭނީ.. މިސްރޭވެސް ކިއުމް މަނާވާނެ ދެއްތީ އީޖިޕްޓްކިޔަންވާނީ.. ބަލަ ބަންގާޅު އަދި ބަންގާޅީން އެހީ ދިވެހި ގޮތް ދިވެހި ބަސްފޮތުގަ އަދި ރަދީފުގަ ހިމެނޭ ރަސްމީ ދެބަސް.. އެއް ދުވަހު ބުނާމެ ދިވެހިބަހާ ޤައުމިއްޔަތޭ އަނެއް ދުވަހު ފަޅޮލޭ.. ތިޔަ ކިޔާ އެއްޗެއް ދިމައެއް ނުވޭ..


7

ނޫސްވެރިކަން ކިޔަވާ ކުއްޖެއް

20-Apr-2020

އަމިއްލަ ކުށް ގަބޫލު ނުކުރެވުނީތީ ދެރަވޭ. ބަންގާޅު އެއީ ރަދީފުގައި އޮތް ބަހެއް ނަމަވެސް ދިވެހީން އާންމުކޮށް އެބަސް މިހާރު ބޭނުން ކުރަނީ މީހަކު ދަށް ކޮށްލުމުގެ ނިޔަތުގަ. ބަންގާޅުން ނުވަތަ ބަންގްލަދޭޝް މީހުންގެ ބަދަލުގަ ބިދޭސީންވެސް ބުނެވުނީސް. އެފަދަ ދަނޑިވަޅެއްގައި, ހާއްސަކޮށް ތިިބުނި ސުވަަލު ކުރަން އެއީ އެކަށޭނެ ބަހެއްނޫން. އެއީ ރާއްޖޭގައި ބިދޭސީން ގިނައީ. ވަކި ގައުމެއްގެ މީހުނެއްނޫން. ކުށެއް ކުރެވުނީމަ އެކަން ގަބޫލުކޮށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ ނޫސްވެރިކަމުގެ ރީތި ސިފައެއް


12

ބަނޑޭ

20-Apr-2020

ބަހަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެއް. "ޑރ. ނަޒްލާއަކީ ސަޅިމީހެއް" ކުރީގަނަމަ އެ ބުނެވުނީ ޑރ. ނަޒްލާއަކީ ވަރަށް ފޮނިވާހަކަ ދައްކާ މީހެއްކަމަށް. އެކަމަކު މިހާރުނަމަ އެ ބުނެވުނީ ޑރ. ނަޒްލާ އަކީ ވަރަށްވެސް މޮޅު ނުވަތަ އެފެންވަރުގެ ދަރަޖަ ދެވިފައިވާ މީހެއްގެ ގޮތުގަ. އެލަފުޒު ބޭނުންކުރާ ނިޔަތް އެ ވީޑިއޯއިން ވަރަށް ރަނގަޅައް ދޭހަވެއެވެ. އަދި މި އާޓިކަލް ކާލުމުންވެސް "ޒީނޮފޯބިޔާ" އަހަރުމެންގެ ކޮންމެދުވަހުގެ އަދަބުތަކަށް މޫފަޅައިފާވަރު އިހުސާސްކުރެވެއެވެ. އެއީ އެބުނި ލަފްޒާ، ބުނެވުނު ރާގާއި، ހިތުގަވާ ނިޔަތާ، އަދި މޮވެދިޔަކަންކަމާ ދޭތެރޭ ދިފާއީ ލިޔުންތެރިކަމުގެ ނަޒަރަކުން ލިޔެފައިވާ އާޓިކަލްއިން ދޭހަވާ މާނަ.


-4

ާއަލީ 20

20-Apr-2020

ބަންގާޅީން، ހޮޅީން، އިނގިރޭސީން، ފަރަންސޭސީން، ސިންގަޅައިން، ތަމަޅައިން، ޕޯޗުގީޒުން، ދިވެހީން، މި ނަންތަކަކީ އެބަޔަކު ވާހަކަދައްކާ ބަހަށް ނިސްބަތްކޮށް، އެބަޔަކަށް ދިވެހިބަހުން މުޚާޠަބު ކުރާ ނަންނަމެވެ. މީގެތެރެއިން ބައެއް ނަންނަމަކީ، ގައުމުގެ ނަމާ ގުޅުވައިގެން ބަހަށް ވެސް އެ ނަން ދެވިފައި ހުރި ނަންނަމެވެ. އިންގްލޭންޑް، ޕޯޗުގަލް، ފްރާންސް އަދި ބަންގުލަދޭސް... މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ، ބަހުގެ (ލަފުޒުގެ) މައްސަލައެއް ނޫނެވެ. ގިނަ ބަޔަކު ބަސް ބޭނުންކުރާ ގޮތާއި، ހާލަތުގެ ސަބަބުން މާނަ އަށް އިތުރުކުރުވި އިހުސާސެއްގެ މައްސަލައެކެވެ. މިހާރު މި ވީގޮތަކީ "ކަލޭ" އަށް ވެސް ވީ ގޮތެވެ. ކަލޭ މިބަހުގެ މާތް ގޮތަކީ "ކަލާ" އެވެ. ކަލާ މި ލަފުޒުގެ އިތުރު ދެ މާނަ އޮވެއެވެ. 1. ވެރިމީހާ. 2. ސާހިބު. އެކަމަކު އަދަބިއްޔާތުގެ ތެރއިން ވާހަކަ އުފަންވެ، ލޯބީގެ ވާހަކަތަކުގައި އިދިކޮޅު ޖިންސުގެ ބައިވެރިޔާއަށް ކަލާ ކިޔަން ފެށުމާއި، ލޯބީގެ ސިޓީތަކުގައި ބޭނުން ކުރަން ފެށުމުން ކަަލާއަކީ ލޯބީގެ ލަފުޒަކަށް ވެ ނިމުނީއެވެ. ނުހަނު ލޯބިން، އެކުވެރިކަމާ އެކު ވާހަކަ ދައްކަމުން ދަނިކޮށް ހިތްހަމަ ނުޖެހޭ ހާލަތުގައި "ކަލޭ" ކިޔާލެއް ގިނަވުމުން، ކަލެއަކީ މީހާ ދެރަކޮށްލާ، ނުވަތަ ހިތްހަމަ ނުޖެހިގެން ބޭނުންކުރާ ލަފުޒެއްކަމަށް ދެކޭން ފަށައި އެ ވިސްނުން ގަދަވުމުގެ ސަބަބުން ކަލޭ ވެސް ހުތުރު، ބޭއަދަބީ ލަފުޒަކަށް ވީއެވެ. ހަމަ އެހެން، ބަންގާޅީން މި ލަފުޒު، އެ މީހުން ދެރަކޮށް، ފުރައްސާރަކުރުމުގެ ގޮތުން ބޭނުންކުރާލެއް ގިނަވުމުގެ ސަބަބުން، އެ ބަހަކީ ދެރަކޮށްލަން ބުނާ ބަހެއްކަމުގެ އިހުސާސް ގަދަވެ، އެ ތައްގަނޑު ޖެހުނީއެވެ.


3

ޟުހުސިން

20-Apr-2020

ނަޒުލާ ވަނީ ނޫސްވެރިއާގެ އަބުރުކަތިލާފާ


2

ސަސު

20-Apr-2020

މިއީ ނޫސްތަ. ތިބުނާ މީހަކީ ނޫސްވެރިއެއްތަ.


2

ފޭސްބުކުން ނަގާފައި

20-Apr-2020

ބަންގްލަދޭޝްއެއް ދުނިޔޭގައި އުފެދުނީ 1971 ގައެވެ. އިންޑިޔާގެ ބެންގޯލް 1947ގައި ދެބައިވެ ޕާކިސްތާނު ތަނަކަށްފަހުން އޮތް، އިރުމަތީބަންގާޅުގައި ބަންގްލަދޭޝްގެ ނަމުގައި ވަކި ގައުމެއް އުފެދުނީ ވެސް ދިވެހިން އެގައުމުގެ ވިޔަފާރިމަތީ ރަށް ޗިޓަގަނަށްގޮސް އެތަނުން ވިޔަފާރިކުރަމުން ދަނިކޮށްނެވެ. އޭރުވެސް ދިވެހިން އެތަނަށް ކިޔަނީ ބަންގާޅުއެވެ. [މިހާރުވެސް އިންޑިޔާގެ ސްޓޭޓެއްގެ ގޮތުގައި ވެސްޓް ބެންގޯލް ނުވަތަ ހުޅަނގު ބަންގާޅު އޮވެއެވެ. އަދި ބަންގާޅުކަނޑު ނުވަތަ ބޭ އޮފް ބެންގޯލްވެސް އޮވެއެވެ.] ބަންގްލަދޭޝް އުފަންވި ފަހުންވެސް ދިވެހިންވެސް އަދި އޭޝިޔާ ސަރަހައްދުގައި އާންމުކޮށް އެތަނަށް ހަމަކިޔަނީ ބަންގާޅެވެ. ނޭޕާލު މީހުންނަށް ނޭޕާލީ ކިޔާ ގޮތަށް ބަންގާޅު މީހުންނަށް ކިޔަނީ ބަންގާޅީއެވެ. އެމީހުން ވާހަކަ ދައްކާ ބަހަކީވެސް ބަންގާޅީބަސްއެވެ. މިއަދާ ހަމަޔަށް ބަންގާޅު މިބަސް ދިވެހިކާބަފައިންނަށް ހުތުރެއް ނުވެއެވެ. މިބަސް ހުތުރުވެގެން މިއުޅެނީ މިފަހުން އެމީހުންގެ ގިނަމީހުން ރާއްޖެއައިސް ލޭބަރުންގެ ގޮތުގައި ކުރާ މަސައްކަތާ، އެކިޔާ ބަންގާޅު މިނަމާ އި ގުޅުވެވޭތީއެވެ. އެހެންނޫންނަމަ ސްރީލަންކާއަށް ސިލޯނުކިޔާފައި އެގައުމުގައި އުޅޭ ބަޔަކަށް ސިންގަޅައިން އަދި ދެންއުޅޭ ބަޔަކަށް ތަމަޅައިންކިޔަން ހުތުރުނުވެފައި ބަންގާޅުގައި އުޅޭބަޔަކަށް ބަންގާޅީންނޭކިޔަން ވަކި ހުތުރުވަނީ ކީއްވެތޯ؟


20

ހެހެ

20-Apr-2020

ޖަޒުބާތުގަ ޖެހިފަ ތި އޮތީ


23

ރޯޓް

20-Apr-2020

ވަރަށް މޮޅު 'ހާރޓް ފެލްޓް' ލިޔުމެއް މިއީ..... އެބަހަކީ ދަށް ބަހެއް ނޫން... ބަންގަލާގެ ދިވެހި ގޮތަކީ ބަންގާޅު.ޢެހިސާބު މީހުންނަށް ދިވެހިން ކިޔައި އުޅެނީ ބަންގާޅީން...' ބޮންދުން' ކަހަލަ ބަހެއް ބޭނުން ކުރިނަމަ ތިރުޅިއެއް އަންނަން ރަނގަޅު.


1

ޢެދުރުބޭ

20-Apr-2020

ޥަރަށް ރަނގަޅު ލިއުމެއް..ސާބަސް..ބަންގާޅުން ނޭ ނުކިއުއްވާ ވޭތޯ ބައްލަވާތި..އެކަމަކު އެވެރިން މިގައުމަށް ބޭނުންވާ ވަރަށްވުރެ ގިނަވެއޖެ ކަމަށް އަޑު އުފުއްލަވައި ދެއްވާށެވެ..މިގައުމަށް ދިމާވެފައި ވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ބަނގުލާ މީހުން ރާއްޖޭގެ އާބާދީ އާ ގާތްކުރާ އަދަދަކަށް އުޅުން..ތިޔަނޫހުން ގައުމީ މިބޮޑު މައްސަލަ އާމެދު އޑު އުފުއްލަވައި ދެއްވާށެވެ..


6

މަޒް

20-Apr-2020

މާދަމާ އަޅެ މިސުވާލު ކޮއްލަބަލަ.. ރާއްޖޭގައި ހުރި ހުރިހާ ވެންޓިލޭޓަރެއް ބޭނުން ކުރަމުން ދަނީއެވެ. ބާކީ އިނީ އެންމެ ވެންޓިލޭޓަރެކެވެ.. ވަރަށް ހާލު ބޮޑުވެގެން ދެވެއްސަކާ ބަންގްލަޑެޝް މީހަކާ ހޮސްޕިޓަލްގަ އެބަ އޮތެވެ. ދެމީހުންނަށްވެސް ވެންޓިލޭޓަރު ގުޅަން ޖެހިއްޖެ ހާލަތެއްގައި އިސްކަން ދެވޭނީ ކާއްކަށްތޯއެވެ? މީ ހަމަ ހިތުގައި އުފެދަެ ސުވާލެކެވެ. ޢެވެސް އިންސާނެކެވެ. މިވެސް އިންސާނެކެވެ.


-1

ޖަޒްބާތު

20-Apr-2020

ޙަގީގަތަކީ މިދަނޑިވަޅަކީ އެކި މީހުން އެކި ޖަޒުބާތުގައި ޖެހިފައި ތިބި ވަގުތަކަށްވުން. ބަންގާޅު ނުވަތަ ބަންގާޅީން އެއީ ކުއްބަހެއް ނޫން. މީގެކުރިންވެސް އަދި މިހާރުވެސް ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާ.


14

ޕްރިފެޝަނަލް ޖަރނަލިސްޓް

20-Apr-2020

ތަމެއް އަދި މާ ޅައީ. ފަހުން ރަނގަޅުވާނެ


15

އިބްރާހީމް އާދަމް

20-Apr-2020

ވަރަށް ރަނގަޅު ވާހަކައެއް! ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ވަރަށް މޮޅެތި ނޫސްވެރިން ފެނޭ, 5 މިނިޓް ނަގާލާ ސުވާލު ދިގުކަމުން ބައެއްފަހަރު ކިޔޭ ނުކިޔޭ އެއްޗެއް ބައެއް ނޫސްވެރިންނަށް ނުވެސް އިނގޭ ތިމަންނައަށް މިކިޔެނީ ކޯޗެއް ކަމެއްވެސް .


20

މިތުރު

20-Apr-2020

މަ ނެތިން އެއްޗެކޭ ބުނާކަން. މަ ހުންނާނީ ހަނު



ޓްރެންޑިން