އިންޑިއާގެ ކެރަލާ ސްޓޭޓްގެ ތިރުވަނަންތަޕޫރަމް ސިޓީގެ މޭޔަރުކަމަށް އުމުރުން އެންމެ 21 އަހަރުގެ އާރިޔާ ރާޖެންދްރަން ނަމަކަށްކިޔާ މަތީތަޢުލީމަށް ކިޔަވަމުންދާ ޒުވާން ކަނބަލަމު ހޮވައިފިއެވެ.

އާރިޔާ ރާޖެންދްރަން މޭޔަރުކަމަށް ހޮވުނުއިރު އާރިޔާ އަކީ އޯލް ސެއިންޓްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރެކެވެ. މިގޮތުން އާރިޔާ މޭޔަރުކަމަށް ހޮވުނުއިރު، އާރިޔާ އަކީ ހިސާބުއިލްމުން ބެޗެލަރ އޮފް ސައިންސްގެ ދެވަނަ އަހަރު ކިޔަވަމުންދާ ދަރިވަރެކެވެ. އާރިޔާ މޭޔަރުކަމަށް ހޮވިފައިވަނީ އިންޑިއާގެ އިދިކޮޅު ކޮމިއުނިސްޓް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އާރިޔާ ސިޔާސީ ދާއިރާއަށް ފުރަތަމަ ނިކުމެފައިވަނީ ކޮމިއުނިސްޓް ޕާޓީގެ ތެރެއިން ޗައިލްޑް އެކްޓިވިސްޓެއްގެ ގޮތުގައެވެ. އާރިޔާ އަކީ އިންޑިއާގެ ޗިލްޑްރެންސް އޯގަނައިޒޭޝަނެއް ކަމަށްވާ ބަލަސަންގަމްގެ ރައީސާވެސްމެއެވެ. މީގެއިތުރުން އާރިޔާ އަކީ ކޮމިޔުނިސްޓް ޕާޓީގައި، މަތީތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ ގޮތްޕެއް ކަމަށްވާ ސްޓޫޑެންޓްސް ފެޑެރޭޝަން އޮފް އިންޑިޔާގެ މެމްބަރެއްވެސްމެއެވެ.

21 އަހަރުގައި މޭޔަރުކަމަށް ހޮވުމާއެކު އާރިޔާ ވަނީ އިންޑިޔާގައި މޭޔަރުކަމަށް ހޮވުނު އެންމެ ހަގު މޭޔަރަށްވެފައެވެ. މީގެ ކުރިން އިންޑިޔާގައި މޭޔަރުކަމަށް ހޮވުނު އެންމެ ހަގު މޭޔަރުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުނީ 2000 ވަނަ އަހަރު ކޮއްލަމް ސިޓީގެ މޭޔަރު ކަމަށް ހޮވުނު 23 އަހަރުގެ ސަބީތާ ބޭގަމް އެވެ. ސަބީތާ ވެސް މޭޔަރު ކަމުގެ މަގާމަށް ހޮވުނީ އާރިޔާ އެކޭ އެއްފަދައިން އިންޑިޔާގެ އިދިކޮޅު ކޮމިއުނިސްޓް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އާރިޔާ މޭޔަރު ކަމަށް ހޮވިފައިވަނީ އިންޑިއާގެ ބީޖޭޕީ ޕާޓީގެ ކެންޑިޑޭޓް ސިމީ ޖިޔޮތިޝް އާއި ވާދަކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


12

ނަޝީދު

05-Jan-2021

މަރުޙަބާ.. އުއްމީދުކުރަނީ ޓްރިވެންޑްރަމް ގައި ދިރިއުޅޭ ދިވެހިންނަށް ހުރިހާ ކަމެއް ފަހިކޮށްދިނުމުގައި އެހީތެރިކަން ލިބޭނޭ ކަމަށް



ޓްރެންޑިން