ތާޖް އެގްޒޯޓިކާ ރިސޯޓް
ތާޖް އެގްޒޯޓިކާ ރިސޯޓް
ތާޖު އެގްޒޯޓިކާ ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާލެ އަތޮޅު އެނބޫދޫ ފިނޮޅުގައި ހިންގަމުން އަންނަ ތާޖު އެގްޒޯޓިކާ ރިސޯޓްގައި މި ޙާދިސާ ހިނގާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 20:30 ހާއިރު ކަމަށެވެ.

މި ޙާދިސާގެ މަޢުލޫމާތު ލިބުމާގުޅިގެން މާލޭގައި ތިބި ސިފައިންގެ ފަޔާމަނުން އެ ސަރަޙައްދަށް ދިޔައިރު އެ ރިސޯޓްގެ ފަޔަރމަނުން އެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ،

މި ޙާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ޙާދިސާގައި އެ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު އަދި ސާފުވާގޮތެއް ނުވެއެވެ. މީގެ ކުރިންވެސް އެ ރިސޯޓްގައި ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގައި މޫދު ކޮޓަރިތަކެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން