ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން ބޭނުން ކުރި ދެމީހަކު މަރުވެއްޖެއެވެ.
މިގޮތުން ވެކްސިން ޖެހުމަށްފަހު މީހަކު މަރުވެފައިވާކަމަށް އެންމެ ފަހުން ރިޕޯޓުކޮށްފައިވަނީ ސްވިޒަރލޭންޑުންނެވެ. ނަމަވެސް މިކަމާ ބެހޭގޮތުން އިތުރު މައޫލޫމާތެއް ސްވިޒަރލޭންޑް ގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މަރަކީ ވެކްސިނާއި ގުޅުން ހުރި މަރެއްތޯ ޔަގީން ކުރަމުން ދާކަމަށްވެއެވެ. މިއަދު ހިނގާދިޔަ މިހާދިސާގައި މަރުވި މީހާ އަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމަށްފަހު މާގިނަ އިރުތަކެއް ނުވާކަމަށްވެއެވެ.
ފައިޒަރ ކުންފުނީގެ ވެކްސިން ޖެހުމަށްފަހު އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ އިޒްރާއީލް ގައެވެ. މިދިޔަ ހޯމަ ދުވަހު ހިނގާދިޔަ މިހާދިސާ އާއި ގުޅިގެން އިޒްރާއީލްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން، ފައިޒަރގެ ވެކްސިން ޖެހުމަށް ފަހު ދެގަޑިއެއްހާއިރު ތެރޭގައި މީހަކު މަރުވެފައިވެއެވެ. 75 އަހަރުގެ މި ފިރިހެން މީހާ މަރުވެފައިވަނީ ހާޓް އެޓޭކް އެއް ޖެހިގެންނެވެ.
މިކަމާ ގުޅިގެން އިޒްރާއީލުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ އޭނާ އަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި، މީގެ ކުރިންވެސް ދެތިން ފަހަރަކު ހާޓް އެޓޭކްއެއް ޖެހިފައިވާ މީހެއްކަމަށެވެ.
މީގެ އިތުރުން މި ދެހާދިސާ އަކީ ފައިޒަރ ކުންފުނީގެ ވެކްސިންނާއި ގުޅުން ހުރި ހާދިސާތަކެއްތޯ ޔަގީންވެފައި ނުވާ ކަމަށްވެސް ދެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އަދި މިދެގައުމުގެ އިތުރުން އެހެން އެއްވެސް ގައުމަކުން ފައިޒަރ ކުންފުނީގެ ވެކްސިން ޖެހުމަށްފަހު މީހަކު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު