ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިއާ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނެއް ކަަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 13:30 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ހުރެ ބޮމެކޭ ބުނެ ވާހަކަ ދައްކާފައިވާ ކަމުގެ ތުހުމަތުގައެވެ. މީހުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ވާހަކަތައް ދެއްކުމަކީ ގާނޫނީ ކުށެކެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހައިދީފައެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު