ބައެއް ކާބޯ ތަކެތީކެ ކެމިކަލް ކޮމްޕައުންޑުން ކޮރޯނާ ވައިރަސް ހަލާކުވެ ކޮވިޑް-19 ގެ އަލާމަތްތައް ފެނުން ހުއްޓުވާކަމަށް އެމެރިކާގެ ނޯރތު ކެރޮލައިނާ ސްޓޭޓް ޔުނިވަރސިޓީގެ ޕްލާންޓް ބައޮލޮޖިސްޓުން ތަކެއްގެ ދިރާސާއިން ދައްކައިފިއެވެ.
މިގޮތުން މިފަދަ ހާއްސަ ކޮމްޕައުންޑްތަކެއް ހިމެނޭ ކަމަށް ދިރާސާ އިން ދައްކާފައިވަނީ ޑާކް ޗޮކޮލޭޓް، ކޮކޯ ޕައުޑަރ، ގްރީން ޓީ އަދި މަސްކަޑީން ގްރޭޕްސް ފަދަ ތަކެތީގައެވެ.
މި ދިރާސާގެ މައިގަނޑު މަގްސަދަކީ ކާނާ އަދި ފަތްޕިލާވެލީގެ ބާވަތް ތަކުގައި ހިމެނޭ އެކިކަހަލަ ކެމިކަލް ކޮމްޕައުންޑް ތަކުން ކޮވިޑް-19 އިން ރައްކާތެރިވޭތޯ ބެލުމެވެ. މިގޮތުން މިދިރާސާގައި ކޮމްޕިއުޓަރ ސިމިއުލޭޝަން ތަކެއްގެ އެހީގައި އެކިހަލަ ކާބޯ ތަކެއްޗާއި ފަތްޕިލާވެލީގެ ބާވަތްތައް ވަނީ ޓެސްޓު ކުރެވިފައެވެ.
މިދިރާސާގެ ކޮމްޕިއުޓަރ ސިމިއުލޭޝަންތަކުން ދައްކާގޮތުގައި ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑުގެ ސެލްތަކަށް ވަނުމަށް ބޭނުން ކުރާ އެމްޕްރޯ ޕްރޮޓީންގެ މަސައްކަތަށް ހުރަސް އެޅުމުގައި ޑާކް ޗޮކޮލޭޓް، ކޮކޯ ޕައުޑަރ، ގްރީން ޓީ އަދި މަސްކަޑީން ގްރޭޕްސް ފަދަ ތަކެތީގެ ކެމިކަލް ކޮމްޕައުންޑް އިސްރޯލެއް އަދާ ކޮށްފައިވެއެވެ. މިގޮތުން ކޮކޯ ޕައުޑާރ އަދި ޑަރކް ޗޮކުލެޓުގައި ހިމެނޭ ކެމިކަލް ކޮމްޕައުންޑް ތަކުން އެމްޕްރޯ ޕްރޮޓީންގެ މަސައްކަތް 40 އިންސައްތަ އާއި 50 އިންސައްތައާއި ދެމެދަށް ދަށްކޮށްދެއެވެ.
ނަމަވެސް މި ދިރާސާގައި އިންސާނުން ބޭނުން ކުރެވިފައި ނުވުމުން އެކިހަލަ ކާބޯ ތަކެއްޗާއި ފަތްޕިލާވެލީގެ ކެމިކަލް ބާވަތްތަކުގެ ކޮމްޕައުންޑްުން އިންސާނުންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރާ މިންވަރު ދެނެގަނެވިފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު